އީރާނާ ދެކޮޅަށް އެމެރިކާއިން ދޭ ހަމަލާތަކުގައި ޔޫރަޕްގެ ޤައުމުތަކުގައިވާ އަސްކަރީ އެއަރބޭސްތައް ބޭނުންކުރުމުގެ ފުރުޞަތު އެމެރިކާއަށް ނުދިނުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ ޔޫރަޕްގެ ޤައުމުތަކަށް ގޮވާލައިފިއެވެ.
ބަލްގޭރިއާގެ ބެޒްމާ އެއަރބޭސްގައި އެމެރިކާގެ އަސްކަރީ ބޯޓުތައް ބޭތިއްބުމަށް އެޤައުމުން ހުއްދަދިނުން އީރާނުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ބަލްގޭރިއާގެ ޚާރިޖީ ވަޒީރު ވެލިސްލާވާ ޓްރޯވާ-ޗަމޯވާ އަށް ގުޅައި އެ ނިންމުން އަލުން މުރާޖަޢާކުރުމަށް އެދެފައެވެ.
އީރާނުން ބުނެފައިވަނީ، އެހެން ޤައުމަކަށް ހަމަލާދިނުމަށް ތިމާގެ ބިން ނުވަތަ އަސްކަރީ މަރުކަޒުތައް ދިނުމަކީ އދ. ގެ ޤަރާރު 3314 ގެ ދަށުން ”ޢުދުންވާނީ އަމަލެއްގައި ބައިވެރިވުން“ ކަމަށް ބެލެވޭނެ ކަމަށެވެ. ބަލްގޭރިއާއިން ބުނެފައިވަނީ އެޤައުމުން ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށާއި، ބޭސް ބޭނުންކުރަނީ ހަމައެކަނި ރީފިއުލިންގ އާއި ލޮޖިސްޓިކްސްއަށް ކަމަށެވެ.












