ބ. އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރުމަށް، އިމާރާތް ކުރުމާއި، ބިނާރާބެހޭ ވުޒާރާ އާއި ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބެވެ. އަދި ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކަންޓްރީ މެނޭޖަރ ޕޭން ގުއާންޒޫއެވެ.
ބ. އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރުމަށް މި މިނިސްޓްރީ އާއި ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. pic.twitter.com/2cCx9HtHqK
— Ministry of Construction and Infrastructure (@MoCImv) May 8, 2024
މިއެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތަކީ ޓެކްނިކަލް އަދި ފައިނޭންޝިއަލް ޕްރޮޕޯސަލް ތައްޔާރުކުރުންކަމަށް އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ އިތުރުން އާބާދީ ބޮޑެތި އެހެން ގިނަ ރަށްތަކުގައި ވެސް ހައުސިންގެ ގިނަ މަޝްރޫއުތައް ހިންގަން ވަނީ ނިންމައިފައެވެ.