Wednesday, 9 September 2026
Ads by

މިޞްރުގެ ދަމިއެޓާ ބަނދަރުގައިވާ އެމެރިކާގެ ގޭސް އުޅަނދުތަކަކަށް ޑްރޯން ހަމަލާއެއް ދީފިކަން ކަށަވަރުވެއްޖެ

މިޞްރުގެ ދަމިއެޓާ ބަނދަރުގައިވާ އެމެރިކާގެ ގޭސް އުޅަނދުތަކަކަށް ޑްރޯން ހަމަލާއެއް ދީފިކަން ކަށަވަރުވެއްޖެ

ސޯޝަލް މީޑިއާ ވީޑިއޯއަކުން ނަގާފައިވާ މި ސްކްރީންޝޮޓުން ފެންނަނީ، 29 ޖުލައި 2026 ގައި މިޞްރުގެ ދަމިއައްތާ ބަނދަރަށް ޑްރޯން ޙަމަލާއެއް ދިނުމާ ގުޅިގެން ގޭސް ޓޭންކަރަކުން ދުން އަރަމުންދާ މަންޒަރެވެ. [ރޮއިޓާސް މެދުވެރިކޮށް ނަގާފައިވާ ސްކްރީންޝޮޓެއް]

މިޞްރުގެ މެޑިޓަރޭނިއަން ކަނޑުގެ ބަނދަރެއް ކަމަށްވާ ދަމިއެޓާ ބަނދަރުގައި އޮތް ދެ ގޭސް އުޅަނދެއްގައި ރޯވި އަލިފާނަކީ ޑްރޯން ހަމަލާއެއްގެ ސަބަބުން ހިނގި ހާދިސާއެއްކަން މިޞްރު ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.

Ad Image
Ads by

މި ހަމަލާ އަމާޒުވެފައިވަނީ އެމެރިކާގެ ކުންފުންޏަކުން ހިންގާ ”އެނާގޮސް ވިންޓަރ“ ނަމަކަށް ކިޔާ އެލްއެންޖީ ގޭސް ރައްކާކުރާ އުޅަނދަކަށެވެ. މި ޙަމަލާގެ ސަބަބުން ރޯވި އަލިފާންގަނޑު ކައިރީގައި އޮތް ”ގޭސްލޮގް ސޭލަމް“ އުޅަނދަށްވެސް ވަނީ ފެތުރިގެން ގޮސްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މަރުވެފައެއް ނުވެއެވެ. އަދި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. މިޞްރުގެ ކެބިނެޓުން ބުނެފައިވަނީ ޤައުމީ ސަލާމަތާއި މަޞްލަޙަތު ދިފާޢުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

މިއީ މިހާރު ކުރިއަށްދާ މެދުއުރުމަތީގެ ހަނގުރާމައިގެ ތެރޭގައި މިޞްރުގެ ހަކަތައިގެ ވަސީލަތަކަށް ދެވުނު ފުރަތަމަ ސީދާ ހަމަލާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި