Ads by
ޚަބަރު
ރައީސް ނަޝީދު ރައީސް ޔާމީނާއި ބައްދަލުކުރައްވަނީ

ބަރުލަމާނީ ނިޒާމަަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ތާއިދުކުރައްވާތޯ ބެލުމަށް އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް މާފުއްޓަށް ދިއުމަށް ހުއްދައަށް އެދިފައިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޑިމިކްރެޓްގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލް ގެނައުމަށްޓަކައި ރައީސް ޔާމީންގެ ހިޔާލު ހޯއްދެއްވުމަށް ބޭނުންވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިވަގުތަކީ އެންމެ މުނާސަބު ވަގުތު ކަމަށެވެ.

އަދި ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށް ވަޑައިގެން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ވޯޓް ނެގުމަށް ރައީސް ޔާމީންގެ ހިޔާލަކީ ކޮބައިތޯ އައްސަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމާއިގުޅޭގޮތުން ރައްޔިތުން ނިންމާ ނިންމުމެއް ބެލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެކަން ނުކޮށް ދެން ރާއްޖެއަށް ހޯދޭނެ މޮޅެއް ކުރިއެެރުމެއް އޮތްކަމަށް ނުދެކޭކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *