އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާގެ ސިފައިން ގުޅިގެން އިރާޤުގެ އިރުމަތީ ސަރަހައްދުތަކަށް ދިން ވައިގެ ޙަމަލާތަކެއްގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ 5 އަސްކަރީ އެޑްވައިޒަރަކު މަރުވެފައިވާ ކަމަށް އަލްހުރާ ނިއުސްއިން ރިޕޯޓުކޮށްފިއެވެ.
Five bodies of Iranian advisors were found after yesterday's US-Saudi airstrike on militia and Popular Mobilization Forces (🔥👮♀️🐍🔪🇮🇷🦞🇮🇶👹🇬🇧☠️🇺🇸PMF) positions in Iraq. The strike targeted civilian oil facilities in Saudi Arabia. The crucial question is: what were these Iranian… pic.twitter.com/fh9WgcCYGK
— Saad alsaede (@saadalsaedy77) July 29, 2026
މި ޙަމަލާތައް ދީފައިވަނީ އީރާނުގެ ބޯޑަރާ ކައިރީގައި އޮންނަ އިރާޤުގެ ދިޔާލާ ޕްރޮވިންސްގައިވާ ”އަބޫ މުންތަޒަރު އަލް-މުޙައްމަދާވީ“ ކޭމްޕަށެވެ. އެމެރިކާގެ ސެންޓްކޮމް އާއި ސަޢޫދީގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، މިއީ އެމެރިކާ ސިފައިންނަށާއި ސަޢޫދީގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދިނުމަށް އައިއާރުޖީސީން އަންގައިގެން ހަރަކާތްތެރިވާ ޖަމާޢަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާ އާއި ސަޢޫދީ ގުޅިގެން މި ޙަމަލާތައް ދީފައިވަނީ އިރާޤު ސަރުކާރާ ”ގުޅިގެން، މަޝްވަރާކުރެވިގެން“ ކަމަށް ބުނެފައެވެ.













