މެޑީ އީޓްސްއޭ ބުނުމުން ނުދަންނަ މީހަކު މިހާރު މަދުވާނެއެވެ. އޭނާއަކީ 4.9 މިލިއަން ސަބްސްކްރައިބަރުން ތިބި ޔޫޓިއުބަރއެކެވެ.

Ads by Midnight Munch MV
އާންމުންގެ މެދުގައި މެޑީ މަގުބޫލުކަން ހޯދީ އޭނާގެ މަންމަ ތައްޔާރުކޮށްފައި ހުންނަ ކާއެއްޗެހި ކާ މަންޒަރު ދައްކައިގެންނެވެ.
ބަތް, ރިހަ, ބިރިޔާނީ ފަދަ ތަކެތި ކާ މަންޒަރު ވީޑިއޯތަކުން ފެންނަ އިރު އާންމުގޮތެއްގައި މީހަކު ކާ ވަަރަށް ވުރެ ގިނައިން މެޑީ ކައެވެ. އޭނާގެ ޗެނަލް ޔޫޓިއުބްގެ އިތުރުން ފޭސްބުކް, އިންސްޓަގްރާމްގައި ވެސް ހުރެއެވެ.
ދިވެހިންގެ މެދުގައި ވެސް މެޑީ ވަރަށް މަގުބޫލެވެ. އޭނާގެ ވީޑިއޯތައް ގިނަ ބަޔަކު ޝެއަރ ކުރާއިރު ބައެއް މީހުން ބުނާ ގޮތުގައި ދަންވަރު ވެސް ނުނިދާ ތިބެނީ މެޑީގެ ވީޑިއޯތައް ބެލުމަށެވެ. ކާއިރު ވެސް ބެލެނީ އޭނާގެ ވީޑިއޯ ކަމަށް ގިނަ ބަޔަކު ބުނެއެވެ.