Sunday, 27 September 2026
Ads by

ލިވާތަށް ހިތްވަރުދޭ ”ބިޔޯން އަގެއިން“ ގެ ދިފާއުގެ މޭޔަރު އާޒިމް ނުކުތުމުން ފާޑުކިޔަނީ

ލިވާތަށް ހިތްވަރުދޭ ”ބިޔޯން އަގެއިން“ ގެ ދިފާއުގެ މޭޔަރު އާޒިމް ނުކުތުމުން ފާޑުކިޔަނީ

މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން“ ޝޯ ސަރުކާރުން ކުއްލިއަކަށް ކެންސަލް ކުރުމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކަތަކަކީ މިހާރު އާންމު ފާޑުކިއުންތަކެއް އަމާޒުވެފައިވާ މައްސަލައެކެވެ. އާޒިމްގެ ވާހަކަތަކުގައި މި ޝޯ ހުއްޓުވުމަކީ ޤައުމުގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ސިފަކުރައްވައި، ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

Ad Image
Ads by

އާދަމް އާޒިމްގެ އެކްސްގައި ވިދާޅުވެފައިވަނީ، ބޭރު ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، އެފަދަ ޝޯއެއް ކުއްލިއަކަށް ކެންސަލް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި މީގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ލިބެން ހުރި ފައިދާތައް ގެއްލިގެން ދިޔަ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައާއި އާންމު މަޝްވަރާތަކުގައި މި ޝޯގެ ހަޤީޤީ މަޤްސަދާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

މި ޝޯއަކީ ރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ އަގީދާއާ ފުށުއަރާ ކަންތައްތަކެއް ފަތުރަން މަސައްކަތްކުރާ ހަރަކާތެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ޚާއްސަކޮށް، ލިވާތުކުރުން ފަދަ ޖިންސީ ފާހިޝް އަމަލުތައް ޕްރޮމޯޓުކުރުމަށް މި ޝޯ މެދުވެރިކޮށް މަސައްކަތްކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދަ ތުހުމަތުތަކެއް އޮތް ޝޯއެއް ބޭއްވުމަށް މޭޔަރު ވަކާލާތު ކުރެއްވުމުން، މޭޔަރުގެ އެ ވާހަކަތަކަކީ  އެފަދަ ފާހިޝް އަމަލުތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެއްކެވި ވާހަކަތަކެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރާއްޖޭގެ ސަޤާފަތާއި ދީނާ ފުށުއަރާ މިފަދަ ހަރަކާތްތަކަކީ ޤާނޫނު އަސާސީން ވެސް ހުއްދަ ނުދޭ ކަންކަމަށް ވާއިރު، މޭޔަރެއްގެ ހައިސިއްޔަތުން ހުންނަވައިގެން، މިފަދަ ހަރަކާތްތަކަށް ތާއީދު ކުރެއްވުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށް ފާޑުކިއުންތެރިން ބުނެއެވެ.

ވިޔަފާރީގެ ނަމުގައި ރާއްޖޭގެ އިސްލާމީ އަގީދާއާއި ޤާނޫނުތަކާ ޚިލާފު ކަންކަން ޕްރޮމޯޓު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މޭޔަރުގެ މޭޔަރުގެ އެ ވާހަތަކަކީ ފާޅުގައި އެފަދަ ކަންކަމަށް ވާގިވެރިވުން ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

“ބިޔޯން އަގެއިން“ ޝޯ ކެންސަލްކުރީ އެ ޝޯ ބާއްވަން އުޅޭތަކުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރާތީ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި