Ads by
ޚަބަރު
މަޝްވަރާތައް މިހާރު ކުރިއަށް ދަނީ ހަމައެކަނި އެމްޑީޕީއާއެކު, ޕީޕީއެމްގެ ފަރާތުން އެއްބާރުލުމެއް ނުލިބުނު: ޑިމޮކްރެޓްސް

ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށް ދަނީ ހަމައެކަނި އެމްޑީޕީއާއެކު ކަމަށް ދަ ޑިމޮކްރެޓްސްއިން ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރޭ ބޭއްވި ނޫސްވެރިންގެ ބައްސަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވީ ޕީޕީއެމާއެކު ކުރައްވާ މަޝްވަރާތަކުގައި އެޕާޓީން ސީރިއަސްކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އަދި ނިޒާމީ ވޯޓެއް ނެގުމަށް އެއްބަސްނުވާނަމަ އެކުގައި މަސައްކަތްކުރުމަށް ދަތިވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ދެ ފަރާތުގެ މެދުގައި ސޮއި ކޮށްގެއް މަސައްކަތެއް ކުރުމަކަށް ޕީޕީއެމްއަކުން އެއްބަހެއް ނުވޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ދަތި ޕީޕީއެމް އާއިއެކީގައި އެއްވެސް އެއްޗެއްގައި ސޮއެ ނުކޮށް ޑިމޮކްރެޓުންނަށް މަސައްކަތެއް ކުރަން” ޙަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ ސެޕްޓެމްބަރު 25 ގައި، އެއީ ދެވަނަ ބުރުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުނަ ކަމަށެވެ. އެއީ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށާއި ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުން ރައީސް ޞާލިޙް ނާކާމިޔާބުވި ނަމަވެސް އެމަނިކުފާނަށް ގާނޫނުއަސާސީގެ ތެރެއިން ކުރެވެން ހުރި ކަންކަން ކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *