Sunday, 27 September 2026
Ads by

އީރާނުގެ އެތެރެއަށް އެމެރިކާއިން ސީދާ ވައިގެ ޙަމަލާތަކެއް ދީފި، މަޝްވަރާތައް އަނެއްކާވެސް ހުއްޓުމާ ގާތަށް

އީރާނުގެ އެތެރެއަށް އެމެރިކާއިން ސީދާ ވައިގެ ޙަމަލާތަކެއް ދީފި، މަޝްވަރާތައް އަނެއްކާވެސް ހުއްޓުމާ ގާތަށް

އެމެރިކާގެ އެއަރ ފޯސްގެ އެފް-16 ހަނގުރާމަމަތީ ޖެޓެއް މެދުއިރުމަތީގެ ވިލާތަކުގެ ތެރޭގައި ޕެޓްރޯލް ކުރަނީ. އެފް-16 އަކީ ވައިގެ މަގުން ވައިގެ މަގަށް ކުރާ ހަނގުރާމަތަކާއި، ވައިގެ މަގުން އެއްގަމަށް ދޭ ޙަމަލާތަކާއި، ޖާސޫސީ ޙަރަކާތްތަކާއި، އަދި ކައިރިން ދޭ ވައިގެ އެހީތެރިކަން ހިމެނޭހެން ތަފާތު އެކި މިޝަންތައް ފުރިހަމަކުރުމުގެ ޤާބިލުކަން ލިބިގެންވާ އުޅަނދެކެވެ. (ސެންޓްކޮމް/އެކްސް)

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނުގެ އެތެރެއަށް ސީދާ އަމާޒުކޮށް ބޮޑެތި ވައިގެ ޙަމަލާތަކެއް ދޭން ފަށައިފިއެވެ. މި ޙަމަލާތައް ދޭން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. އީރާނުގެ ދެކުނުގެ މުހިންމު ސަރަޙައްދުތައް ކަމަށްވާ ބަންދާރު އައްބާސް، އަބޫ މޫސާ، ކީޝް އައިލެންޑް އަދި ޤެޝްމް އައިލެންޑުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad Image
Ads by

ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޙަމަލާތަކަކީ މެދުއުރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ބެލިސްޓިކް މިސައިލް ޙަމަލާތަކަށް ދެވުނު ”ވަރުގަދަ ރައްދެއް“ ކަމަށެވެ. ޙަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އަސްކަރީ މަރުކަޒުތަކަށާއި، ރާޑަރު ސިސްޓަމްތަކަށާއި، މިސައިލް އަދި ޑްރޯން ފޮނުވާ ސަރަޙައްދުތަކަށެވެ.

ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ދެމުންދާ ޙަމަލާތަކުގައި 55 މީހުން މަރުވެ، 600 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އީރާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި އީރާނުން ވަނީ މީގެ ރައްދުގައި އަވަށްޓެރި ޤައުމުތަކުގެ ހަކަތައާއި ފެން އުފައްދާ މަރުކަޒުތަކަށް ޙަމަލާދީފައެވެ.

މި ޙަމަލާތަކާއެކު ވޭތުވެދިޔަ ހަތަރު ދުވަހު ޙަމަލާތައް ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް އައިސް، ޤަޠަރާއި އޮމާން މެދުވެރިކޮށް ކުރިއަށްދިޔަ ސުލްޙައިގެ މަޝްވަރާތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-27T002300
ރައީސް މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި
20260927_052909
އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި