Saturday, 24 October 2026
Ads by

ޤައުމީ ޚިދުމަތުގައި ގިނަދުވަސްވީ ބޭފުޅުންގެ މަޝްވަރާ މަޖިލީހެއް އުފައްދަވަނީ

ޤައުމީ ޚިދުމަތުގައި ގިނަދުވަސްވީ ބޭފުޅުންގެ މަޝްވަރާ މަޖިލީހެއް އުފައްދަވަނީ

ޤައުމީ ޚިދުމަތުގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ޚާއްޞަ މަޝްވަރާ މަޖިލީހެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ކަންކަމުގައި މަޝްވަރާ ހޯއްދެވުމަށްޓަކައި ދެ މަޖިލީހެއް އުފެއްދެވުމަށް ޤަޞްދުކުރައްވާ ކަމަށެވެ. މީގެ ތެރެއިން އެއް މަޖިލީހަކީ ޤައުމަށް އެންމެ ޚިދުމަތްތެރި، އަދި އެންމެ ގިނަ ދުވަހު ދައުލަތުގެ މަތީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކުޑަ މަޖިލީހެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިފަދަ މަޖިލީހެއް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ ކަންކަމުގައި ބަސް ވިދާޅުވެ، ޚިޔާލު ދެއްވަން ބޭނުންފުޅުވާ ތަޖުރިބާކާރު ބޭފުޅުންގެ ފަންނީ ލަފާ ސަރުކާރަށް ހޯދުމެވެ. މި މަޖިލީހުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތަކާއި، ދައުލަތުގެ ނިޒާމުގެ ތެރޭގައި ހުރި އެކި ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުންގެ އިސްނެންގެވުމާއެކު ނުވަތަ ރައީސް އެދިވަޑައިގަންނަވާ ކަންކަމުގައި މަޝްވަރާ ދެއްވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

”އެފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް އިރާދަކުރެއްވިއްޔާ މި ހަދަނީ. އޭރުން އަޅުގަނޑު ބައެއް ފަހަރު ކަންކަމުގައި ދަންނަވާލުމުން މަޝްވަރާ ދެއްވުމާއި، އެބޭފުޅުން އިސްނަންގަވައިގެން ސަރުކާރުގެ ކަންކަމުގައި، ދައުލަތުގެ ކަންކަމުގައި، ނިޒާމުގެ ކަންކަމުގައި މިހެން ގޮސް ކޮންމެ ކަމެއްގައި ވެސް ޚިޔާލާއި މަޝްވަރާ ދެއްވޭނެ،“ ރައީސް ވިދާޅުވިއެވެ.

މި ނިންމެވުމަކީ ޤައުމުގެ ކަންކަން ނިންމުމުގައި ތަޖުރިބާކާރު އިސް ބޭފުޅުންގެ ލަފައާއި އިރުޝާދު ހޯދައި، ޤައުމީ ތަރައްޤީގައި އެ ބޭފުޅުންގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ