Sunday, 27 September 2026
Ads by

މިފްކޯގެ ފަސްމީރު ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭ ޚާއްސަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފި

މިފްކޯގެ ފަސްމީރު ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭ ޚާއްސަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަގުބޫލު ”ފަސްމީރު“ ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭހެން ފަރުމާކޮށްފައިވާ ޚާއްސަ ހަދިޔާ ޕެކެއް އެކުންފުނިން މިއަދު ތަޢާރަފުކޮށްފިއެވެ.

Ad Image
Ads by

މި ޕެކޭޖަކީ އާއިލާ އާއި ރަހުމަތްތެރިންނަށް ހަދިޔާކުރުމަށާއި، ދިވެހިވަންތަ ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. ޚާއްސަކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް މިއީ ދިވެހި އުފެއްދުމެއް ހަދިޔާކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ޖުމުލަ 12 މަސްދަޅު ހިމެނޭ މި ހަދިޔާ ޕެކްގައި ފަސްމީރު ބްރޭންޑުގެ މަގުބޫލު 4 ރަހައެއް ހިމެނެއެވެ. އެއީ:

ކަނޑުމަސް ގިތެޔޮ މިރުހާއެކު
ކަނޑުމަސް ލުނބޮޔާއި މިރުހާއެކު
ކަނޑުމަސް އަސޭމިރުހާއެކު
ކަނޑުމަސް ހިކި މިރުހާއެކު

ކޮންމެ ވައްތަރަކުން 3 ދަޅު ހިމެނޭ މި ޕެކޭޖަކީ އަގުގެ ގޮތުން ބަލާއިރުވެސް ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ. އެގޮތުން ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި، މި ހަދިޔާ ޕެކް މިހާރު 221 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

ބޭނުން ފަރާތަކަށް ހަދިޔާގެ ގޮތުގައި ދެވޭގޮތަށް ތައްޔާރުކޮށްފައިވާ މި ޕެކޭޖުގެ ފަރުމާގައި ހަދިޔާ ލިބޭ ފަރާތުގެ ނަން ޖަހައިލެވޭނެ ޖާގައެއް ހިމަނާފައިވެއެވެ. މިއީ ދަތުރުފަތުރު ކުރާއިރު ފޮއްޓަށް ނުވަތަ ދަބަހަށް ލައިގެން ފަސޭހައިން އުފުލޭނެހެން، ރައްކާތެރިކަމާއެކު ބަންދުކޮށްފައިވާ ޕެކެކެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، ފަސްމީރު ބްރޭންޑުގެ ފެންވަރު ރަގަޅު އުފެއްދުންތަކުގެ އެކި ރަހަތައް ހިމެނޭހެން ތަޢާރަފުކުރި މި ހަދިޔާ ޕެކަކީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އައު އީޖާދުތަކާއެކު ފެންވަރު މަތީ އުފެއްދުންތައް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި އުފެއްދުންތަކަށް އޮތް އިތުބާރު ދެމެހެއްޓުމެވެ.

ފަސްމީރުގެ މީރު ރަހަތައް އެއް ފޮއްޓަކުން ތަޖުރިބާކޮށްލެވޭ މި ހަދިޔާ ޕެކް، މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކުން މިހާރު ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި