ފްރާންސްގެ އެމްބެސެޑަރ ޖޯން ފްރާންކޮއިސް ޕަކްޓެޓް ފިޝަރީސް މިނިސްޓަރ އަޙްމަދު ޝިޔާމް އާއި އިއްޔަ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެގައުމުގެ މަސްލަހަތާއި އެއްބާރުލުން ފޯރުކޮށްދެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ކަނޑުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުން އަދި ގާނޫނާއި ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރުމާއި ދެކޮޅަށް މަސައްކަތްކުރުން ހިމެނެއެވެ.
Ambassador of France, Mr. Jean-Francois PACTET, paid a courtesy visit to Minister Shiyam. Discussions centered around matters of mutual interest and cooperation between the two countries, including safeguarding the oceans and combating IUU fishing. pic.twitter.com/XHM2MXm1yw
— Ministry of Fisheries and Ocean Resources (@MFORmv) May 7, 2024
އެމްބެސެޑަރ ޕަކްޓެޓް ދަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅުގައި އެކި މިނިސްޓަރުންނާއި ވުޒާރާތަކުގެ އިސްވެރިންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެކު މިއަހަރު ޕެރިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގެ މަޝްވަރާތަށްވަނީ ކޮށްފައެވެ.