Sunday, 25 October 2026
Ads by

ޕެންޝަން ފަންޑުން ފައިސާ ދައްކައިގެން ހައްޖު ކިޔުއަށް އެރޭނެ އިންތިޒާމް ހަމަޖައްސައިފި

ޕެންޝަން ފަންޑުން ފައިސާ ދައްކައިގެން ހައްޖު ކިޔުއަށް އެރޭނެ އިންތިޒާމް ހަމަޖައްސައިފި

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް އެމީހުންގެ ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ހައްޖު ކިޔުއަށް އެރޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.

Ad Image
Ads by

ޕެންޝަނާ ބެހޭ ޤާނޫނަށް މިއަހަރު ގެނައި އިސްލާޙާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުން ބުނީ، ސަރުކާރުގެ ހައްޖު ކުންފުނި މެދުވެރިކޮށް ހައްޖަށް ދިޔުމަށް ބޭނުންވާ ފަރާތްތަކަށް، ހައްޖަށް ދިޔުމަށް ދައްކަންޖެހޭ އަގުގެ %20 އަމިއްލައަށް ދެއްކުމުން، ބާކީ އޮތް %80 ފައިސާ ޕެންޝަން ފަންޑުން ހަމަޖައްސައިދޭނެ ކަމަށެވެ. މިއާއެކު، ހައްޖަށް ދިޔުމަށް ކަނޑައަޅާފައިވާ ރަސްމީ ކިޔުގެ ތަރުތީބުން އެމީހަކަށް ޖާގަ ރިޒާވްކޮށް، ކިޔުއަށް އެރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި އިންތިޒާމުގެ ދަށުން ހައްޖު ކިޔުއަށް އެރޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ.

އެގޮތުން:

ފަރުޟު ޙައްޖުގެ އަޅުކަން މީގެ ކުރިން އަދާކޮށްފައިނުވާ ފަރާތަކަށް ވުން.

ޕެންޝަން ލިބޭ އުމުރު ހަމަވާއިރު، މަހަކު މަދުވެގެން 2000 ރުފިޔާ ޕެންޝަންގެ ގޮތުގައި ލިބޭ މިންވަރަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ފައިސާ ހުރުން.

ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިގޮތަށް ފައިސާ ދޫކުރާއިރު ގެދޮރު ގަތުމުގެ ޑައުންޕޭމަންޓަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ބާކީ ހުރި މިންވަރު ބަލާނެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ފައިސާ ދޫކުރެވޭނީ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ބެލެންސްގައި 336,000 ރުފިޔާއަށް ވުރެ ގިނައިން ފައިސާ ހުރި މެންބަރުންނަށެވެ.

ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރ އަޙްމަދު ސިނާން ވިދާޅުވީ، ހައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކުރުމަށްޓަކައި ސަރުކާރުގެ ހައްޖު ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ގަވާއިދުތަކާއި އިދާރީ އިންތިޒާމްތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ޕެންޝަން ޤާނޫނަށް ގެނައި އިސްލާހާއެކު ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑު ބޭނުންކުރެވޭ ގޮތް ހެދި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިވަނީ މިކަމަށް އިތުރު ލުއިތަކެއް ދީ، ކިޔުއަށް އެރުމުގައި ޕެންޝަން ފަންޑުގެ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދީފައެވެ. މި ބަދަލުގެ ސަބަބުން ގިނަ ބަޔަކަށް ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި