Friday, 11 October 2024
Ads by

ބީއެމްއެލް ހޯމް ބިލްޑާ އެކު ގެދޮރު އިމާރާތް ކުރަން ބޭނުންވާ އިތުރު ރަހުނު ހޯދުން ނިމުމަކަށް

ބީއެމްއެލް ހޯމް ބިލްޑާ އެކު ގެދޮރު އިމާރާތް ކުރަން ބޭނުންވާ އިތުރު ރަހުނު ހޯދުން ނިމުމަކަށް

ބީއެމްއެލް ހޯމް ބިލްޑާ އެކު ގެދޮރު އިމާރާތް ކުރަން ބޭނުންވާ އިތުރު ރަހުނު ހޯދުން ވަނީ ނިމުމަކަށް ގެނެސްފައި - ފޮޓޯ:ބީއެމްއެލް

ބީއެމްއެލް ހޯމް ބިލްޑާ އެކު ގެދޮރު އިމާރާތް ކުރަން ބޭނުންވާ އިތުރު ރަހުނު ހޯދުން ނިމުމަކަށް ގެނެސްފިއެވެ.

ދިރިއުޅުމަށް ޓަކައި އިމާރާތް ކުރުމަށް، މަރާމާތު ކުރުމަށް ނުވަތަ ވަކި ވަރަކަށް ހަދާފައި ހުރި ތަނެއް ނިންމުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށް ދިނުމަށް ބީއެމްއެލުން އިއްޔެ ތައާރަފުކޮށްފައި ވަނީ ހޯމް ބިލްޑް ލޯނާއި ހޯމް ބިލްޑް ފައިނޭންސްއެވެ.

ބީއެމްއެލުން ބުނީ މި ފައިނޭންސް ނަގާ ފަރާތަށް 9 އިންސައްތަ ރޭޓުގައި އެއް މިލިއަން ރުފިޔާ ހަމައަށް ފައިނޭންސް ކޮށްދޭނެ ކަމަށެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ފައިނޭންސަށް އެދޭ ފަރާތުން އަމިއްލައަށް ހަރަދު ކުރަން ޖެހެނީ ޕްރޮޖެކްޓްގެ އަގުގެ 25 އިންސައްތައެވެ.

މީގެ ކުރިން ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވެގެން އަންނަ ކަސްޓަމަރުން އެބަ ޖެހޭ އިމާރާތްކުރާ ތަން ފިޔަވައި އިތުރު ރަހުނު ބަހައްޓަން. އަޅުގަނޑުމެން އިއްޔެ ތައާރަފުކުރި ހޯމް ބިލްޑް ފްރޮޑަކްޓްތަކާ އެކު މިވަނީ އިތުރު ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާގެ ފައިނޭންސް ނެގޭ ގޮތް ހަމަޖެހިފައި. މިއީ ވަރަށް ގިނަ ކަސްޓަމަރުންނަށް ފައިނޭންސް ހޯދުމުގައި ދިމާވެފައިވާ ދަތިތަކަކަށް ލިބިގެންދާނެ ހައްލެއް،

– ބޭންކުގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު

ހޯމް ބިލްޑްއަށް އެދި ހުށަހަޅާއިރު ގެރެންޓާއެއް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް އިތުރު ފަރާތަކާ އެކު މި ފައިނޭންސަށް އެދި ހުށަހެޅޭނެއެވެ.

ކަސްޓަމަރުގެ ދަރަންޏަށް އިތުބާރު ކުރެވޭ މިންވަރަކީ ވަރަށް މުހިންމު ބައެއް. މީގެ އިތުރުން އަމިއްލައަށް ހަރަދުކުރަން ޖެހޭ ބަޔަށް ފައިސާ ދެއްކުމުގެ ގާބިލުކަމާއި އަނބުރާ ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރަށް ވެސް ބޭންކުން ބަލާނެ. އަދި ހަމައެހެންމެ ވޭތުވެ ދިޔަ 12 މަސް ދުވަހު ކުރިން ނަގާފައިވާ ލޯނަކަށް، ފައިނޭންސަކަށް ނުވަތަ ކްރެޑިޓް ކާޑަކަށް ގަވާއިދުން ފައިސާ އަނބުރާ ދައްކާފައި ވާންވާނެ،

– އެ ބޭންކުން ލޯނު ދިނުމަށްޓަކައި ބަލާ މައިގަނޑު ކަންތައްތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވި

ހޯމް ބިލްޑް ފައިނޭންސަށް ކަސްޓަމަރު އަމިއްލައަށް ހިއްސާކުރަން ޖެހޭ އަދަދު ހުންނަން ޖެހޭނީ ކަސްޓަމަރުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވަތަ އިމާރާތަށް ހަރަދު ކޮށްފައެވެ. މިގޮތަށް އިމާރާތަށް ހަރަދު ކޮށްފައިވާނަމަ، އެކަމުގެ ލިޔުން ބޭންކަށް ހުށަހަޅަންވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނި ގޮތުގައި އަމިއްލައަށް ކުރަން ޖެހޭ ހަރަދު ކޮށްފައި ނުވާނަމަ އެ ހަރަދު ކުރާނެ ގޮތް ބޭންކަށް ހުށަހަޅަންވާނެ ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
MIRA-1
ދައުލަތަށް ނުލިބިހުރި 639 މިލިއަން ރުފިޔާ ހޯދައިފި
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
FB_IMG_1712448061144
ރައީސް އެދިވަޑައިގަތީ އެމަނިކުފާނަށް އިތުބާރުކޮށް އައްޑޫގެ ތާރީހު ބަދަލުކުރަން ޕީއެންސީއަށް ވޯޓު ދޭން
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
FB_IMG_1712448061144
ރައީސް އެދިވަޑައިގަތީ އެމަނިކުފާނަށް އިތުބާރުކޮށް އައްޑޫގެ ތާރީހު ބަދަލުކުރަން ޕީއެންސީއަށް ވޯޓު ދޭން
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ