Saturday, 24 October 2026
Ads by

ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް އަންނަ އަހަރު 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް އަންނަ އަހަރު 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ފަށައިފިއެވެ.

Ad Image
Ads by

މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ދައުލަތުގެ ބަޖެޓު އެކުލަވާލައި، މާލީ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އެގޮތުން ”ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު“ އާ އެއްގޮތަށް ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް އެ ވުޒާރާއަށް ހުށަހަޅަންޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރާއިރު އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަންވާނެ ކަމަށާއި، އޭގެ ތެރޭގައި ދައުލަތުން ދޭ ބްލޮކް ގްރާންޓާއި، ސަރުކާރުގެ އިދާރާތަކުން ދޭ ކޮންޑިޝަނަލް ގްރާންޓާއި، ޓްރަސްޓް ފަންޑު އަދި އިތުރު އާމްދަނީ ހިމަނަންޖެހޭނެއެވެ. ބްލޮކް ގްރާންޓުގެ ބަޖެޓު ތައްޔާރުކުރަންވާނީ 2027 އިން 2029 އަށް ދިނުމަށް ލަފާކުރާ އަދަދުތަކަށްވުރެ ބޮޑުނުވާނެ ގޮތަށެވެ. ނަމަވެސް ބަޖެޓު ފައިނަލް ކުރާނީ މަޖިލީހުން ފާސްކުރާ އަދަދުތަކަށް ރިއާޔަތްކޮށެވެ.

މާލީ ވުޒާރާއިން ވަނީ 18 ސެޕްޓެންބަރު 2026 ގެ ކުރިން 2029 ގެ ނިޔަލަށް ލަފާކުރާ ބަޖެޓު ހުށަހެޅުމަށް ހުރިހާ ކައުންސިލްތަކަކަށް އަންގާފައެވެ.

މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް (2.47 ބިލިޔަން ރުފިޔާ) ކަނޑައެޅި އަހަރެވެ. މި އަހަރުގެ މިހާތަނަށް 1.25 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ އަދި 2022 ވަނަ އަހަރު 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. ޚާއްޞަކޮށް މާލޭ ސިޓީ ކައުންސިލަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ކައުންސިލްތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމާއެކު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި