Sunday, 25 October 2026
Ads by

ޖަޕާނުގެ ކުމަމޯޓޯއަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ޝޮޕިންގ މޯލެއް ވެއްޓި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ

ޖަޕާނުގެ ކުމަމޯޓޯއަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ޝޮޕިންގ މޯލެއް ވެއްޓި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ

ޖަޕާނަށް އައި ބިންހެލުމަށްފަހު ބިމާހަމަވި ޝޮޕިންގ މޯލެއްގެ ދަށުގައި އެތައް ބަޔަކު ތާށިވެ، މަރުވެފައިވާ ކަމަށް ބެލެވޭ (ސީއެންއެން)

ޖަޕާނުގެ ދެކުނުގައި އޮންނަ ކިއުޝޫ ޖަޒީރާގެ ކުމަމޯޓޯ ޕްރިފެކްޗަރ އަށް މިއަދު 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

Ad Image
Ads by

ޝޮޕިންގ މޯލް ވެއްޓުން: ކާޝިމާ އަވަށުގައި ހުންނަ އީއޯން ޝޮޕިންގ މޯލެއްގައި އެއްޗެއް ގޮވުމަށްފަހު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ ވަނީ ވެއްޓިފައެވެ. ޖަޕާނުގެ ޓީބީއެސް ނެޓްވޯކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި ”ގިނަ އަދަދެއްގެ“ މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ. އަދި އިމާރާތުގެ ދަށުގައި ގިނަ ބަޔަކު ވަނީ ތާށިވެފައެވެ.

މި ބިންހެލުމުގައި މަދުވެގެން 50 މީހުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެކި ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގައި، މަގުތަކާއި ފާލަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން 48,000 އަށްވުރެ ގިނަ ގޭބިސީއިން ވަނީ ކަރަންޓު ކެނޑިފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ޓަކައިޗީ ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ހަލުވިކުރުމަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައެވެ. އަދި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު މިހާރު ވަނީ ކެންސަލްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި