Saturday, 17 October 2026
Ads by

އަންނަ އަހަރު އެމްޓީސީސީގެ 500 އެއްހާ މަޝްރޫޢު ނިންމުމަށް އަމާޒު ހިފައިފި

އަންނަ އަހަރު އެމްޓީސީސީގެ 500 އެއްހާ މަޝްރޫޢު ނިންމުމަށް އަމާޒު ހިފައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގަމުންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، އަންނަ 2025 ވަނަ އަހަރުގެ ތެރޭގައި 500 އެއްހާ މަޝްރޫޢު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސަޢުދީ ވިދާޅުވީ، އެމްޓީސީސީން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން މި ހިނގާ 2024 ވަނަ އަހަރުގެ ނިޔަލަށް 28 މަޝްރޫޢެއްގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ

ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް 719 މަޝްރޫޢެއް އެކި މަރުހަލާތަކުގައި ކުރިއަށް އެބަގެންދެއެވެ. މީގެ އިތުރުން 587 މަޝްރޫޢެއްގައި ސޮއިކޮށް، އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”2027 ވަނަ އަހަރު ނިމެންވާއިރަށް 500 އާ ގާތްކުރާ އަދަދަކަށް މަޝްރޫޢުތައް ނިންމަންޖެހޭ. ޚާއްސަ އިސްކަމެއް ދީގެން އަންނަ ދިރާސީ އަހަރަށް ތަޢުލީމީ ދާއިރާގައި ހަވާލުކޮށްފައިވާ މަޝްރޫޢުތައް ނިންމުމަށް ދަނީ މަސައްކަތްކުރަމުން،“ ސަޢުދީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫޢުތައް ނިންމަން ޖެހޭ އަހަރު ކަމަށްވާތީ، އެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދެވޭނެ ގޮތަށް ކުންފުނީގެ މަސައްކަތްތައް ތަރުތީބު ކުރަމުންދާ ކަމަށެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ ގުޅޭ މުހިންމު މަސައްކަތްތައް ހިމެނޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މަގާމާ ހަވާލުވި 17 ނޮވްމެބަރު 2023 އިން ފެށިގެން މިހާތަނަށް އެމްޓީސީސީން ވަނީ 50 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 14 މަޝްރޫޢަކާއި، ބަނދަރު ހެދުމުގެ 10 މަޝްރޫޢެއް ހިމެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
މޫސ
މޫސ
2 މަސް ކުރިން

މ

Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި