Sunday, 27 September 2026
Ads by

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ގާނޫނާ އެއްގޮތަށް އެމްޑީޕީން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން: އިބްރާހިމް ދީދީ

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ގާނޫނާ އެއްގޮތަށް އެމްޑީޕީން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން: އިބްރާހިމް ދީދީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށާއި، އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަނީ މިކަމުގައި ރައްޔިތުންނަށް އޮޅުވާލަން ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ދިމާލަކުން ގާނޫނާ ޚިލާފަށް މުވައްޒަފަކު ވަކިކުރަމުންދާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އިބްރާހިމް ދީދީ ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކުންފުނިތަކަށް މުވައްޒަފުން ވައްދާފައިވަނީ އެ ކުންފުނިތަކަށް ނުތަކާ ވަރަށެވެ. އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މުވައްޒަފުން މަދުކުރުމަށް މީގެ ކުރިން ބާރުއެޅުއްވި މެންބަރުން، މިއަދު އެއާ އިދިކޮޅަށް ގަރާރު ހުށަހެޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

”މިދިޔަ ސަރުކާރުން ކުންފުނިތަކަށް މުވައްޒަފުން ވައްދާފައި ތިބީ އެ މީހުން ގޮވައިގެން އުޅެވޭ ވަރަށްވުރެ މާ ގިނައިން. ގާނޫނާ ގަވާއިދާ ޚިލާފަށް އެކަން އެގޮތަށް ބޭއްވުމަކަށް ދިވެހި ރައްޔިތުންނެއް ނޭދޭ،“ އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކުންފުނިތަކުން މުވައްޒަފުން ވަކިކުރާއިރު ދޭންޖެހޭ ހުރިހާ އަސާސީ ހައްގުތަކާއި އިނާޔަތްތައް ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް ވަންނަން ބޭނުންވާ މީހުންނަށް އެ މަގުވެސް ސަރުކާރުން ފަހިކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިބްރާހިމް ދީދީ ވިދާޅުވީ، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރުން ކުރާ ރަނގަޅު ކަންކަން އޮޅުވާލުމަށް ކަމަށެވެ. ކޮންމެ ދުވަހަކު ކުއްލި މައްސަލައެއް ނުވަތަ ގަރާރެއް ހުށަހަޅައިގެން މަޖިލިސް ހިސާރުކޮށް، ގައުމަށް ފައިދާހުރި ކަމެއް ކުރުމަށް އެ ބޭފުޅުން ފުރުސަތު ނުދޭ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އިބްރާހިމް ދީދީގެ ވާހަކަފުޅު ނިންމަވާލެއްވީ، އެމްޑީޕީން މަޖިލީހުގެ ތަޅުމުގައި މިފަދަ ގަރާރުތައް ހުށަހަޅަނީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށް ތުހުމަތު ކުރައްވަމުންނެވެ. އަދި ކުންފުނިތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި، ސިޔާސީ މަންފާއަށްޓަކައި ކަންކަން އޮޅުވާލުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި