Saturday, 17 October 2026
Ads by

ހުއްދަ ނެތި އޮންލައިންކޮށް އަދި އާންމު ފިހާރަތަކުން ބޭސް ވިއްކުން މަނާ

ހުއްދަ ނެތި އޮންލައިންކޮށް އަދި އާންމު ފިހާރަތަކުން ބޭސް ވިއްކުން މަނާ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނެތި އާންމު ފިހާރަތަކުގައި އެއްވެސް ބާވަތެއްގެ ބޭހެއް ވިއްކުން މަނާކޮށް، ބޭހާ ބެހޭ އައު ޤަވާއިދެއް އެކުލަވާލައިފިއެވެ.

Ad Image
Ads by

މި ޤަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.

ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދުގައި ބޭސް އެތެރެކުރުމާއި، ގުދަން ކުރުމާއި، ވިއްކުމުގެ އިތުރުން އެފަދަ ޚިދުމަތްތައް ދިނުމުގައި އަމަލުކުރަންޖެހޭ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އައު ޤަވާއިދުގެ ދަށުން، އެމްއެފްޑީއޭއިން ބޭހެއްގެ ގޮތުގައި ގިންތިކޮށްފައިވާ އެއްވެސް ބާވަތެއް އެ އޮތޯރިޓީގެ ހުއްދަ ނެތި އާންމު ފިހާރަތަކުގައި ބަހައްޓައި ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް، ޑޮކްޓަރުގެ ލިއުމަކާ ނުލައި ދޫކުރާ ބައެއް ބޭސްތައް، ހާލަތަށް ބަލައި އެމްއެފްޑީއޭގެ ހުއްދަ ހޯދައިގެން އާންމު ފިހާރަތަކުގައި ވިއްކުމުގެ ފުރުސަތު މި ޤަވާއިދުގައި ހަނި ދާއިރާއެއްގައި ބާއްވާފައިވެއެވެ.

މީގެ ކުރިން ޚާއްސަ ހުއްދައަކާ ނުލައި އާންމު ފިހާރަތަކުގައި ވިއްކަމުން އައި ހުމާއި ރޯގާއަށް ބޭނުންކުރާ އާދައިގެ ބޭސްތައް ވެސް ދެން ވިއްކޭނީ މި އައު އުސޫލުތަކުގެ ތެރެއިންނެވެ. މި ޤަވާއިދުގެ ދަށުން ބޭސް ވިއްކާ ފިހާރަތައް އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަން ލާޒިމުވާއިރު، ފާމަސީތައް ދެ ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ތެރޭގައި ހުންނަ ބޭސް ފިހާރަތަކާއި، ވަކިން ހުންނަ ބޭސް ފިހާރަތަކެވެ.

ބޭސް ފިހާރަތަކަށް ހުއްދަ ދޫކުރަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ބޭސް ފިހާރަތަކުގައި ވެކްސިނާއި ބަޔޮލޮޖިކަލް ބޭސްތައް ބަހައްޓާނަމަ، އެކަން ލިޔުމުން އެމްއެފްޑީއޭއަށް އަންގަން ޖެހެއެވެ.

ޤަވާއިދުގައިވާ ގޮތުން، ބޭސް ވިއްކާ ފާމަސިސްޓުންގެ އަތުގައި އެމްއެފްޑީއޭއިން ދޫކުރާ ޚާއްސަ ”ފާމަސިސްޓު ކާޑު“ އޮންނަން ޖެހޭއިރު، ބިދޭސީ ފާމަސިސްޓެއްނަމަ ދިވެހި ބަސް ދަންނަކަމުގެ ލިޔުމެއް އޮންނަން ވާނެއެވެ. އެފަދަ ލިޔުމެއް ނެތް ހާލަތެއްގައި، ބަސް ތަރުޖަމާކޮށްދޭނެ ފަރާތެއް އެ ބޭސް ފިހާރައެއްގައި ހުރުން ލާޒިމުކޮށްފައިވެއެވެ.

އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ބޭސް ވިއްކުމާއި ޑެލިވަރީ ކުރުމުގެ ޚިދުމަތް ދެވޭނީ ވެސް އެމްއެފްޑީއޭގައި ރަޖިސްޓްރީވެ، އެކަމުގެ ހުއްދަ އޮތް ފަރާތްތަކަށް އެކަންޏެވެ. އަދި މިގޮތުން ވިއްކޭނީ ޑޮކްޓަރުގެ ބޭސް ސިޓީއަކާ ނުލައި ވިއްކުން ހުއްދަ ބޭސްތައް އެކަނި ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ބޭސް ސިޓީގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ބޭސް ލޭބަލް ކުރުމުގައި ހިމަނަންޖެހޭ މައުލޫމާތުތައް ވެސް މި ޤަވާއިދުގައި ތަފްސީލުކޮށް ކަނޑައަޅާފައިވެއެވެ. މި ޤަވާއިދުގައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެމްއެފްޑީއޭއަށް ވަނީ ލިބިދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި