Sunday, 27 September 2026
Ads by

ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ މަސައްކަތުގެ އަޚްލާޤަކީ މިއަދުގެ ޖީލުން ފުންކޮށް ވިސްނާލަންޖެހޭ ކަމެއް: ރައީސް

ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ މަސައްކަތުގެ އަޚްލާޤަކީ މިއަދުގެ ޖީލުން ފުންކޮށް ވިސްނާލަންޖެހޭ ކަމެއް: ރައީސް

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުމަށް މިނިވަން ދުވަހަކީ އެންމެ މުނާސަބު ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހެއްގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފާނެ ކަމަށެވެ. ނަމަވެސް، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިއީ މިކަމަށް އެންމެ އެކަށީގެންވާ ދުވަހެވެ.

ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ މަސައްކަތުގެ އަޚްލާޤަކީ މިއަދުގެ ޖީލުން ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. އިނާމު ލިބިވަޑައިގެންނެވި ކޮންމެ ބޭފުޅަކީވެސް އެ ބޭފުޅުންގެ ޚިދުމަތުގެ މުއްދަތުގައި ނަމޫނާ ސިފަތަކެއް ދެއްކެވި ބޭފުޅުންކަން ރައީސް ފާހަގަކުރެއްވިއެވެ.

”މިއިން ކޮންމެ ބޭފުޅަކު އެ ކުރެއްވި ޚިދުމަތުގެ އަގު މިތަނުގައި ވަޒަންކުރެވިގެންދިޔައީ، އެ ބޭފުޅުން އެ ކުރެއްވި ޚިދުމަތުގައި ދެމިތިއްބެވިހާ ދުވަހަކު، އެ ބޭފުޅުންގެ ކިބައިން ވަރަށް މަތިވެރި ސިފަފުޅުތަކެއް ފެނިގެން ގޮސްފައިވާތީ،“ ރައީސް ވިދާޅުވިއެވެ.

ޚިދުމަތްތެރިންގެ ކިބައިން ފެނިގެންދިޔަ މުހިންމު ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން އެ ބޭފުޅުން އިސްކުރެއްވި ކަމަށެވެ. މީގެ އިތުރުން، މުރާލިކަމާއި، އިޚްލާޞްތެރިކަމާއި، ކެތްތެރިކަމުގެ އިތުރުން ކަމަށްކަމޭހިތުމުގެ މަތިވެރި ސިފަ އެ ބޭފުޅުންގެ ކިބައިން ފެނިގެން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުންނަށް ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ އަރުވާފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި