Monday, 27 July 2026
Ads by

ދެ އަހަރުން 590 މަޝްރޫއު ނިންމައިފި، މިއީ ކުރީގެ ސަރުކާރުތަކަށް ވުރެ ބޮޑު ކުރިއެރުމެއް: ރައީސް

ދެ އަހަރުން 590 މަޝްރޫއު ނިންމައިފި، މިއީ ކުރީގެ ސަރުކާރުތަކަށް ވުރެ ބޮޑު ކުރިއެރުމެއް: ރައީސް

މިދިޔަ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި އަށް މަސްދުވަހާ އަޅާބަލާއިރު، މި ސަރުކާރުން މާ ގިނަ މަޝްރޫއުތައް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ ވާހަކަ ދައްކަނީ ހަމައެކަނި ދުލުން ނޫން ކަމަށާއި، އަމަލީ ގޮތުން އެކަންކަން ދަނީ ދައްކަމުން ކަމަށެވެ.

އެގޮތުން، މިދިޔަ ދެ އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫއު ނިންމައި ރައްޔިތުންނަށް ހަވާލުކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރީގެ ދެ ސަރުކާރުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ މި މުއްދަތުގައި ނިމުނީ 285 މަޝްރޫއު ކަމަށާއި، އޭގެ ކުރީ ސަރުކާރުގައި ނިމިފައިވަނީ 321 މަޝްރޫއު ކަމަށެވެ.

”އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއަށް. މިހާރުވެސް 1635 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އެބަދޭ. މިއީ ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި، އެންމެންނަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކުގައިކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ލާމަރުކަޒީ އުސޫލުން، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި ތަގުރީރުތަކެއް ދިނުން ނޫން ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި، އަމަލީ ނަތީޖާ ދެއްކުން ކަމުގެ ޔަގީންކަން އަރުވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
udha vnews
ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
psm udha photo
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
20260726_063413
ބާލިންގައި އެލްޖީބީޓީ ހަރަކާތެއްގެ ތެރެއަށް ކާރެއް އަރުވާލާ ދިން ޙަމަލާއެއްގައި މީހަކު މަރުވެ 16 މީހުން ޒަޚަމްވެއްޖެ، ލާދީނީ ހަރަކާތްތައް ވަގުތުން ހުއްޓާލައިފި
IMG_6640
ދެ އަހަރުން 590 މަޝްރޫއު ނިންމައިފި، މިއީ ކުރީގެ ސަރުކާރުތަކަށް ވުރެ ބޮޑު ކުރިއެރުމެއް: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި