Wednesday, 9 September 2026
Ads by

ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން ’ވަގުތު ޖެހިއްޖެ’، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި

ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން ’ވަގުތު ޖެހިއްޖެ’، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި

(އެކިއެމްވީ ފޮޓޯ ކޮލާޖު)

އެމެރިކާއިން ސަޢޫދީ ޢަރަބިއްޔާއަށް ފޯރުކޮށްދޭން ނިންމާފައިވާ ސިވިލިއަން ނިއުކްލިއަރ އެގްރީމެންޓް ކުރިއަށްގެންދެވޭނީ ސަޢޫދީއިން އިޒްރޭލާއެކު އޮންނަ ގުޅުން އާންމުކޮށް ’އަބްރަހަމް އެކޯޑްސް‘ ގައި ބައިވެރިވެގެން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

Ad Image
Ads by

ވައިޓް ހައުސްގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ސަޢޫދީއާއެކު ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އެ އެއްބަސްވުން ތަންފީޒުކުރެވޭނީ ސަޢޫދީން އިޒްރޭލު ބަލައިގަތުމުން ކަމަށެވެ. ”މިއީ އެކަން ކުރަންވީ ވަގުތު,“ ޓްރަމްޕް ބުންޏެވެ.

30 އަހަރަށް ދެމިގެންދާ މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ކުންފުނިތަކުން ސަޢޫދީގައި ނިއުކްލިއަރ ރިއެކްޓަރުތައް ބިނާކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ސަޢޫދީ ޢަރަބިއްޔާއިން އަދި މިކަމަށް ރަސްމީކޮށް ޖަވާބެއް ދީފައިނުވި ނަމަވެސް، ރިޔާޟުން މީގެ ކުރިން ބުނެފައިވަނީ އިޒްރޭލާއެކު ގުޅުން ޤާއިމުކުރެވޭނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ސާފު ހެއްކެއް ލިބިގެން ކަމަށެވެ.

ޢަރަބި ޤަައުމުތަކުގެ ބޮޑުބައެއް އިސްތިއުމާރީ ޔަހޫދީ ހަރުކަށި ދައުލަތް އިޒްރޭލާއެކު ރަސްމީކޮށް ސުލްޙަވެ، ބާކީ ތިބި ޤައުމުތައް ސަޢޫދީ ހިމެނޭހެން އިޒްރޭލާއެކު ސުލްޙަވުމަށް މަސައްކަތް ކުރަމުންދާއިރު ޣައްޒާގެ ނަސްލުހޭދުއާއި ވެސްޓުބޭންކުގައި ހިންގަމުންދާ ޖަރީމާތައް ދަނީ ކުރިއަށެވެ.

1947 ން ފަށައިގެން އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދު ބަހައްޓާފައި، 2023 އޮކްޓޫބަރު މަހުން ފެށިގެން މިއަދާ ހަމައަށް އެކަނިވެސް އިޒްރޭލުން މުޅި ދުނިޔެ ކުރިމަތީ ޣައްޒާއަށް ދެމުންދާ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ކޯޓުތަކުންނާއި އދ. އިން ’ނަސްލުހޭދު‘ ގެ ގޮތުގައި ފާހަގަކޮށްފައިވާ އަމަލުތަކެކެވެ. މީގެ ތެރޭގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި، ހޮސްޕިޓަލްތައް ސުންނާފަތި ކުރުމާއި، ބަނޑަށް ޖެއްސުން ހިމެނެއެވެ. 45,000 އަށްވުރެ ގިނަ ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށްލާފައިވާއިރު 10,000 އަށްވުރެ ގިނަ މީހުން ވަނީ ޢިމާރާތްތަކުގެ ދަށުގައިވެފައެވެ. 100,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އަދި 1.9 މިލިއަން މީހުން (ޣައްޒާގެ އާބާދީގެ %85) ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެ ރެފިއުޖީންނަށް ހަދާފައެވެ. އަދި ވެސްޓު ބޭންކުގައި އިޒްރޭލު ސިފައިންގެ މަދަދާއެކު ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން ދެމުންދާ ހަމަލާތަކުގައި 800 އަށްވުރެ ގިނަ ފަލަސްޠީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު