ޖަރުމަނުވިލާތުގެ ބާލިން ސިޓީގައި ބޭއްވި ’ކްރިސްޓްފަރ ސްޓްރީޓްސް ޑޭ‘ (ސީއެސްޑީ) އެލްޖީބީކީ ’ޕްރައިޑް‘ ހަރަކާތުގެ ތެރެއަށް ކާރެއް ވައްދާލާ ދިން ހަމަލާއެއްގައި މީހަކު މަރުވެ، މަދުވެގެން 16 މީހުން ޒަޚަމްވެއްޖެއެވެ.
ރޭގަނޑުގެ ވަގުތެއްގައި ބާލިންގެ މައި ޓިއަރގާޓަން ޕާކު ސަރަހައްދަށް ބާރުބާރުގައި ވަދެގެންދިޔަ ކާރެއް ވަނީ އެ ސަރަހައްދުގައި އެއްވެ ތިބި މީހުންނާ ދިމާލައް ދުއްވާ އެމީހުންގެ ގައިތަކުގެ މައްޗަށް އަރުވާލާފައެވެ.
BREAKING: Car driven into Pride parade in Berlin, Germany, causing multiple injuries – Bild pic.twitter.com/Hszax892ni
— BNO News Live (@BNODesk) July 25, 2026
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ވަގުތުން ޕްރައިޑް ހަރަކާތްތައް މެދުކަނޑާލައި، ބްރޭންޑަންބަރގް ގޭޓް ކައިރީގައި ހުރި މައި ސްޓޭޖްގެ ޕްރޮގްރާމްތައް ހުއްޓުވާފައެވެ. އަދި އެ ސަރަހައްދުގައި ތިބި އެންމެން ގެއަށް ދިޔުމަށް ފުލުހުން އެދުނެވެ.
ހަމަލާދިނުމަށް ބޭނުންކުރި ކާރު ޕާކު ތެރެއިން ފެނިފައިވާއިރު، ފުލުހުން ދަނީ މިކަމުގައި ބައިވެރިވި މީހުން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިހް މަރޒް ވަނީ މި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ކުށްވެރިންނަށް ހައްޤު އަދުލު ލިބިދޭނެ ކަމަށް ވިދާޅުވެފައެވެ.












