Wednesday, 9 September 2026
Ads by

’ކޮކްރޯޗު‘ މުޒާހަރާތަކުގައި ބައިވެރިވި މުސްލިމު ދަރިވަރުންނަށް ޓާގެޓުކޮށް އިންޑިއާއިން ފިޔަވަޅު އަޅަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ

’ކޮކްރޯޗު‘ މުޒާހަރާތަކުގައި ބައިވެރިވި މުސްލިމު ދަރިވަރުންނަށް ޓާގެޓުކޮށް އިންޑިއާއިން ފިޔަވަޅު އަޅަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ

ވާއަތުން ފެށިގެން، މުޙައްމަދު ޖުނައިދު، މޮންޖޫރު ރަޙްމާން، ޢަބްދުލް ޤާސިމް، އަޝްރަފުލް އިސްލާމް. (ފޮޓޯ: 'ދަ ވައިއަރ' ގެ އެހީތެރިކަމާއެކު)

އިންޑިޔާގެ ޤައުމީ އިމްތިޙާނުތަކުގެ ޕޭޕަރު ލީކުވުމާ ގުޅިގެން ޒުވާނުން ކުރިއަށްގެންދާ މުޒާހަރާތަކުގައި، އިންޑިޔާގެ ފުލުހުން މުސްލިމު ދަރިވަރުންނަށާއި ޒުވާނުންނަށް ޚާއްޞަކޮށް އަމާޒުކޮށް އަނިޔާވެރި ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ވަރުގަދަ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

Ad Image
Ads by

އަސާމްގައި 3 މުސްލިމު ދަރިވަރަކު ހައްޔަރުކުރުން

އަސާމްގެ ލަޚިމްޕޫރުގައި، ސުލްޙަވެރި މުޒާހަރާއެއް އިންތިޒާމުކުރުމަށް ވޯޓްސްއެޕް ގްރޫޕެއް ހެދި 3 މުސްލިމު ދަރިވަރަކު (މަންޖޫރު ރަޙްމާން، އަޝްރަފުލް އިސްލާމް، އަދި ޢަބްދުލް ޤާސިމް) ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. މި ދަރިވަރުންގެ މައްޗަށް އުފުލާފައިވަނީ ޤައުމީ ސަލާމަތަށް ނުރައްކާކުރި ކަމުގެ ’ބާރަތީޔަ ނިޔާޔަ ސަންހިތާ‘ (ބީއެންއެސް) ގެ 152 ވަނަ މާއްދާގެ ދަށުން ވަރުގަދަ ޖިނާއީ ދައުވާތަކެކެވެ.

ގުވާހާޓީގެ މުޒާހަރާއިން މުސްލިމު ޤާނޫނީ ވަކީލަކު ހައްޔަރުކޮށް ޖަލައްލުން

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފިޔަވަޅު ނާޅާނެ ކަމަށާއި، މުޒާހަރާތަކާ ގުޅިގެން ހެދި މައްސަލަތައް އަނބުރާ ގެންދާނެ ކަމަށް ސަރުކާރުން އެއްބަސްވެފައިވަނިކޮށް ފުލުހުން ވަނީ މި ވަކީލު ސީދާ މުޒާހަރާ ކުރާ ސަރަހައްދުން ހައްޔަރުކޮށްފައެވެ. ވަކީލުގެ މައްޗަށް އުފުލާފައިވަނީ ބީއެންއެސް ގެ 152 ވަނަ މާއްދާގެ ދަށުން ޤައުމު އިސްތިޤްލާލާއި ސިޔާދަތަށް ނުރައްކާކުރި ކަމުގެ ދަޢުވާއެވެ.

ވަކީލުން ބުނާގޮތުގައި ސުލްޙަވެރި މުޒާހަރާއެއްގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ހުރި ވަކީލަކު ހައްޔަރުކޮށް، މިފަދަ ބުރަ ދަޢުވާއެއް ކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ވަކީލުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ކުރެވުނު ކަމެކެވެ.

ޖަންތަރު މަންތަރުގެ ވޮލަންޓިއަރެއްގެ އާއިލާއަށް ބިރުދެއްކުން

ދިއްލީގެ ޖަންތަރު މަންތަރުގައި މުޒާހަރާކުރާ ދަރިވަރުންނަށް ހިލޭ ކޭންބުއިމާއި ފެން ފޯރުކޮށްދެމުންދިޔަ މުޙައްމަދު ޖުނައިދު ނަމަކަށް ކިޔާ މުސްލިމު ޒުވާނެއްގެ ގެއަށް އުއްތަރު ޕްރަދޭޝް ފުލުހުން ވަދެގަނެ، އޭނާގެ ބައްޕަ ހައްޔަރުކޮށް، އާއިލާގެ ބޭންކު ފާސްފޮތްތަކާއި، އައިޑީ ކާޑުތައް ވަނީ އަތުލައިގަނެފައެވެ. މީގެ އިތުރުން ފުލުހުން ވަނީ ޖުނައިދު މުޒާހަރާއިން ދުރުކުރުމަށް އާއިލާއަށް މަޖުބޫރުކޮށްފައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާގޮތުގައި، މުޅި އިންޑިޔާގައި އެތައް މިލިއަން ދަރިވަރުންނެއް އިހުތިޖާޖު ކުރަމުންދާއިރު، މުސްލިމު ޒުވާނުންނަށް އެކަނި އަމާޒުކޮށް މިފަދަ ބުރަ ދައުވާތައް އުފުލުމަކީ ޤައުމުގައި އޮތް ތަފާތުކުރުން ހާމަކޮށްދޭ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި