Wednesday, 22 July 2026
Ads by

މަހުގެ ފުރަތަމަ ހަތަރު ދުވަހު ޑެންގޫގެ 40 ކޭސް އަދި ޗިކުންގުންޔާގެ 58 ކޭސް

މަހުގެ ފުރަތަމަ ހަތަރު ދުވަހު ޑެންގޫގެ 40 ކޭސް އަދި ޗިކުންގުންޔާގެ 58 ކޭސް

މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފޮގްކުރަނީ - ފޮޓޯ:އެޗްޑީސީ

މި މަހުގެ ފުރަތަމަ ހަތަރު ދުވަހު ޑެންގޫ ޖެހިގެން 40 މީހުން އަދި ޗިކުންގުންޔާ ޖެހިގެން 58 މީހުން ރިޕޯޓުކޮށްފިއެވެ.

Ad Image
Ads by

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޑެންގޫ ޖެހިގެން 660 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީ މިދިޔަ މަހުގެ ތެރޭގައި ކަމަށާއި އެ މަހު 239 މީހަކަށް ޑެންގޫ ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހަށް ޑެންގޫ ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައި ވަނީ ހުޅުމާލެއިންނެވެ. އެ މުއްދަތުގައި ހުޅުމާލެއިން 142 މީހުން އަދި މާލެއިން 47 މީހަކު ބަލިވެގެން ޑޮކްޓަރަށް ވަނީ ދައްކާފައެވެ. ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ހުން ޖެހުނު ކ. އަތޮޅުން 32 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ޗިކުންގުންޔާ ޖެހިގެން ހޮނިހިރު ދުވަހާ ހަމައަށް 240 މީހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ރިޕޯޓުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށެވެ.

އެ މުއްދަތުގައި ޗިކުންގުންޔާގެ 117 ކޭސް ރިޕޯޓުކޮށްގައިވާއިރު، މި މަހުގެ ފުރަތަމަ ހަތަރު ދުވަހު 58 މީހުންނަށް ބަލި ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ.

ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ މީހުން ދައްކާފައި ވަނީ މާލެއިންނެވެ. މާލެއިން 193 ކޭސް ރިޕޯޓުކުރިއިރު، ހުޅުމާލެއިން 40 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

ޗިކުންގުންޔާއިން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް:

  • މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން
  • މަދިރި ހެފުމުން ރައްކާތެރިވާން މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުން
  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް އަންނައުނުލުން
  • މަދިރި ގިނަވާ ވަގުތު ދޮރާއި ކުޑަދޮރު ލައްވާފައި ބެހެއްޓުން

ޑެންގޫއިން ރައްކާތެރިވާން ކުރެވިދާނެ ކަންކަން:

  • ވައި ވައްދަން ހަދާފައި ހުންނަ ގޮޅި، ފެންލައިޓު، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން
  • މަދިރި ހެފިޔަ ނުދިނުމަށްޓަކައި ހަށިގަނޑު ބޮޑަށް ނިވާވާނެ ކަހަލަ ހެދުން ލުން
  • މަދިރި ހެފުމުން ރައްކާތެރިވާން މަދިރި ލޯޝަން/ސްޕްރޭ ބޭނުން ކުރުން
  • މަދިރި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުން
Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
WhatsApp-Image-2022-10-07-at-18.03
ހިންމަފުށީގައި މާރާމާރީ ހިންގި މިސްރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފި، ޑީޕޯޓުކުރަނީ
large_178472616458x5rQ
ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
shaheem miskiy
އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގެ ވަގުތީ މިސްކިތްތައް އުވާލައި ދާއިމީ މިސްކިތްތައް ހުޅުވުން: ވަޒީރު
IMG_6491
ޓީ.ޖީ.އެސް.ޓީގެ އާމްދަނީ 6.7 ބިލިއަނަށް: ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް
Ads by
މަގުބޫލު
20260717_114850
އީރާނުގެ ކަރަންޓު ނެޓްވޯކްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި، ހަނގުރާމައިގެ ޚަރަދު 80 ބިލިއަނަށް!
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
ekim
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ ފަޚުރުވެރި ވަނަތަކަށް ވާދަކުރަނީ ކޮން ކުޅުންތެރިންނެއް؟
20260717_114850
އީރާނުގެ ކަރަންޓު ނެޓްވޯކްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި، ހަނގުރާމައިގެ ޚަރަދު 80 ބިލިއަނަށް!
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
ekim
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ ފަޚުރުވެރި ވަނަތަކަށް ވާދަކުރަނީ ކޮން ކުޅުންތެރިންނެއް؟