Sunday, 26 July 2026

Ads by

ރައްދު ޙަމަލާތަކުގައި ހޫޘީން ސަޢޫދީ އަރާމްކޯގެ ތެޔޮ ސައިޓްތަކަށް ބޮންއަޅައިފި

ޙޫޘީން ދިން ޙަމަލާއަކަށްފަހު ޖީޒާންގައިވާ އަރާމްކޯ ތެޔޮ ރިފައިނަރީގައި އަލިފާން ރޯވެފައި، 25 ޖުލައި 2026. ޙޫޘީންގެ މީޑިއާ ވީޑިއޯއަކުން ނަގާފައިވާ ސްކްރީންޝޮޓެއް (އޭ.އާރް.އެން ނިއުސް ސެންޓަރ)

ޔަމަނުގެ ހަތިޔާރު އެޅި ​ހޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާގެ ޖީޒާން އަދި ޔަންބުއި ގައިވާ ސަޢޫދީ އަރާމްކޯގެ ތެޔޮ ސައިޓްތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފިއެވެ.

​ހޫޘިންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނިގޮތުގައި، ޖީޒާން އަދި ޔަންބުއިގައިވާ އަރާމްކޯގެ ސައިޓްތަކަށް ހަމަލާދިނީ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެންނެވެ. ސެޓެލައިޓް އިމޭޖްތަކުންނާއި މީޑިއާ ރިޕޯޓްތަކުން ދައްކާގޮތުގައި ޖީޒާންގައިވާ އަރާމްކޯގެ ރިފައިނަރީގައި ބޮޑު ރޯވުމެއް ހިނގައި، ވަރަށް އުފުރަށް ދުންއަރަމުން ގޮސްފައިވެއެވެ.

ޙަމަލާތަކާއެކު ސަޢޫދީގެ ސިވިލް ޑިފެންސްއިން ވަނީ ޖީޒާން އަދި ޔަންބުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރައްކާތެރި ތަންތަނަށް ވަނުމަށް އިންޒާރު ދީފައެވެ. ހޫޘީން ބުނީ މިއީ ސަޢޫދީ އަސްކަރިއްޔާއިން ޔަމަނުގެ ޙުދައިދާއާއި ކަމަރާން އައިލެންޑަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުން ކަމަށެވެ.

​މި ޙަމަލާތަކާއެކު 2022 ވަނަ އަހަރުން ފެށިގެން ސަޢޫދީ އާއި ހޫޘީންގެ ދެމެދުގައި އޮތް ސުލްޙަ ނިމުމަކަށް އައިސް، ޔަމަނު ހަނގުރާމަ އަލުން ފެށިގެންދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް