Friday, 11 October 2024
Ads by

ބީއެމްއެލުން ރަހުނަކާ ނުލާ 1 މިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް

ބީއެމްއެލުން ރަހުނަކާ ނުލާ 1 މިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް

ބީއެމްއެލުން ވަނީ ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް ތައާރަފުކޮށްފައި - ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި އާއެކު ހޯމް ބިލްޑް ލޯނާއި ފައިނޭންސިން މެދުވެރިކޮށް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާ އަދި ހޯމް އިކުއިޓީ ލޯނާއި ފައިނޭންސިންގެ ގޮތުގައި 50،000 ރުފިޔާއިން ފެށިގެން މަތީގެ އަދަދު ދޫކުރާނެ ކަމަށެވެ.

މިއަދު ތައާރަފުކުރި އާ ލޯނުތަކާ ގުޅޭގޮތުން ބީއެމްއެލުން ބުނެފައި ވަނީ ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި އެ ބޭންކުން ތައާރަފު ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނު ކަމަށެވެ.

އަލަށް ތައާރަފުކުރި ހޯމް ބިލްޑް ލޯނު ފަރުމާކޮށްފައި ވަނީ އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާ އާ ހަމައަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭ ގޮތަށް ކަމަށް ބީއެމްއެލުން ބުނެއެވެ. އެ ބޭންކުން ބުނީ ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތު ކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެއް ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލުން ވަނީ ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ހޯމް އިކުއިޓީ ލޯނެއް ވެސް ތައާރަފުކޮށްފައެވެ. އަލަށް ތައާރަފުކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށް ލޯނު ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނި ގޮތުގައި ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެއް ކަމަށާއި މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ ކަމުގައެވެ.

މިއީ މުޅި ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިނޭންސިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ތައާރަފުކުރި ޕްރޮޑަކްޓްތަކެއް. އަލަށް ތައާރަފުކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް 10 އިންސައްތަ ރޭޓުގައި ލޯނު ލިބޭނެ،

– ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނެފައި ވަނީ އެ ބޭންކުގެ އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް އިކުއިޓީ ފައިނޭންސިން ލިބޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
MIRA-1
ދައުލަތަށް ނުލިބިހުރި 639 މިލިއަން ރުފިޔާ ހޯދައިފި
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
FB_IMG_1712448061144
ރައީސް އެދިވަޑައިގަތީ އެމަނިކުފާނަށް އިތުބާރުކޮށް އައްޑޫގެ ތާރީހު ބަދަލުކުރަން ޕީއެންސީއަށް ވޯޓު ދޭން
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
FB_IMG_1712448061144
ރައީސް އެދިވަޑައިގަތީ އެމަނިކުފާނަށް އިތުބާރުކޮށް އައްޑޫގެ ތާރީހު ބަދަލުކުރަން ޕީއެންސީއަށް ވޯޓު ދޭން
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ