Saturday, 24 October 2026
Ads by

ޔަމަނު ސަރުކާރުން ހޫޘީންގެ މިސައިލް އަދި ޑްރޯން ސައިޓްތަކަށް ބޮންއަޅައިފި

ޔަމަނު ސަރުކާރުން ހޫޘީންގެ މިސައިލް އަދި ޑްރޯން ސައިޓްތަކަށް ބޮންއަޅައިފި

ޔަމަނުގެ ވައިގެ އަސްކަރިއްޔާއިން ވަނީ މައާރިބް އަދި އަލް-ޖައުފްގެ އަވަށު ބޭރުގައިވާ ޙޫޘީންގެ މަރުކަޒުތަކަށް އަމާވައިގެ ޙަމަލާތަކެއް ދީފައެވެ. އެއްގަމު މަގުން ރާވާފައިވާ ބޮޑު އަސްކަރީ އޮޕަރޭޝަންތަކެއް ފެށުމުގެ ކުރިން ދެވޭ މި ވައިގެ ޙަމަލާތައް ހުއްޓުމެއްނެތި އަދިވެސް ދަނީ ކުރިއަށެވެ. (ފޮޓޯ ކޮލާޖް)"

ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރުގެ ވައިގެ ސިފައިން، އީރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތުގެ މިސައިލާއި ޑްރޯން ފޮނުވާ ސައިޓްތަކަށާއި މުދާ ގުދަންތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

Ad Image
Ads by

ޔަމަނުގެ އަސްކަރީ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި، ޙަމަލާތައް އަމާޒުކޮށްފައިވަނީ މާރިބް ޕްރޮވިންސްގެ (އަލް-ޖޫބާ އަދި މަޖްޒަރު) އަދި އަލް-ޖައުފް ޕްރޮވިންސްގެ (އަލް-ޞަފްރާ) ސަރަހައްދުގައި ހުރި ހޫޘީންގެ އަސްކަރީ ސައިޓްތަކަށެވެ.

މި ޙަމަލާތަކުގައި ހޫޘީންގެ މިސައިލް ފޮނުވާ ޕްލެޓްފޯމްތަކާއި، ކަޓްޔޫޝާ ރޮކެޓް ސައިޓްތަކުގެ އިތުރުން ބޮޑެތި ހަތިޔާރު ގުދަންތަކެއް ވަނީ ގޮއްވާލާފައެވެ. އަދި ހޫތީންގެ މިސައިލް ޓެކްނީޝަނުން ހިމެނޭހެން ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ހަމަހިމޭންކަމަށްފަހު، ޔަމަނު ސަރުކާރުގެ އަސްކަރިއްޔާއިން ހޫޘިންނާ ދެކޮޅަށް އިސްވެ ދޭންފެށި އެންމެ ވަރުގަދަ ވައިގެ ހަމަލާތަކެވެ. މި ހަމަލާތަކާއެކު ޔަމަނުގެ އުތުރުގެ މައިދާންތަކުގައި ހަނގުރާމަ އަލުން ފުޅާވެގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި