Wednesday, 9 September 2026
Ads by

ރައީސްއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ފޮނުވޭނެ ގޮތް ހަދަނީ

ރައީސްއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ފޮނުވޭނެ ގޮތް ހަދަނީ

ރައީސްގެ ޖަވާބު ސިލްސިލާގެ ތެރެއިން: ރައީސްއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ފޮނުވޭނެ ގޮތް ހަދަން ދަނީ މަސައްކަތް ކުރަމުން - ފޮޓޯ:ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ފޮނުވާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ad Image
Ads by

ސަރުކާރުން ކޮންމެ ހަފުތާއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު  ވިދާޅުވީ ވީހާވެސް ގިނަ ރައްޔިތުންނަށް ރައީސް އާ ސުވާލު ކުރެވޭނެ ފުރުސަތު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ސުވާލުކުރާ އުސޫލުގެ ބަދަލުގައި ރައްޔިތުންނަށް ސުވާލު ފޮނުވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ހީނާ ވިދާޅުވިއެވެ.

ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށް ހޯދައިދިނުމުގެ ގޮތުން އަދި ހަމަ އެ އާއެކު އެކީގައި ވީހާވެސް ގިނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އާ ސުވާލު ކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ސުވާލުތައް ވެސް ވީޑިއޯ މެދުވެރިކޮށް ވެސް ރައީސް އޮފީހަށް ކޮންމެ ބޭފުޅަކަށް ވެސް ފޮނުވޭނެ އިންތިޒާމެއް ގާއިމު ކުރުމަށްޓަކައި. އެކަމަށް ހާއްސަ ނިޒާމެއް ގާއިމު ކުރަމުން މި ދަނީ،

– ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ

މިއަދުގެ ބައްދަލުވުމުގައި ހީނާ ވިދާޅުވެފައި ވަނީ ކެބިނެޓްގެ ނިންމުންތައް ވެސް އާންމުކޮށް ފެންނަން ހުންނާނެ އިންތިޒާމެެއް ގާއިމު ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް މި މަހުގެ ފަހުކޮޅު ނިންމާލާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލައިވް ކޮށްލާނަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާ ލިންކްވާ ގޮތަށް ކެބިނެޓްގެ ނިންމުންތައް. ރައީސް މުއިއްޒުގެ ވެރިކަމުގައި ކޮންމެ ކެބިނެޓެއްގެ ނިންމުންތައް ނޫސްވެރިންނަށް ފެންނާނެ ގޮތަށް ނިންމުންތަކާ ގުޅޭ މައުލޫމާތު ލިބޭނެ ނިޒާމެއް،

– ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ

ހީނާ މިއަދު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ކުރިއަށްގެންދާ ކަންކަން އެއްތާކުން ފެންނާނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމު ކުރައްވާނެ ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި