Wednesday, 9 September 2026
Ads by

ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، ޒުވާނުންނަށް ބޭނުންވާ މުނިފޫހިފިލުވުމާއި އިޖުތިމާޢީ ޙަރަކާތްތަކަށް ޚާއްޞަ ބޮޑު ޝޮޕިންގ މޯލެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ”ދަ ޕަލްސް“ ޕްރޮގްރާމްގެ 5 ވަނަ އެޕިސޯޑުގައި ’އެކިއެމްވީ‘ ގެ ނޫސްވެރިއާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިޔާ ވަނީ މާލެ ސަރަޙައްދުގައި ޒުވާނުންނަށް ޙަރަކާތްތެރިވެވޭނެ ފުރުޞަތުތައް މަދުކަން ފާހަގަކޮށް، ގޭމިންގ ސެންޓަރުތަކާއި ސިނަމާތައް ހިމެނޭ ފަދަ ބޮޑު ޝޮޕިންގ މޯލެއް ރާއްޖެއަށް މުހިންމު ކަމަށް ޒުވާނުން ދެކޭތީ، އެކަމާ މެދު ރައީސްގެ ވިސްނުންފުޅަކީ ކޮބައިތޯ ސުވާލު ދަންނަވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއީ ހަމައެކަނި ވިސްނުންފުޅެއް ނޫން ކަމަށާއި، އެފަދަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި އެ މަސައްކަތްތައް ނިމި، ރައްޔިތުންނަށް އޭގެ ފައިދާ ފެންނަން ފަށާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެއިތުރުން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އިތުރު މަޝްރޫޢުތަކުގެ ތަފްޞީލު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރިކްރިއޭޝަން މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

”މިއަހަރު ނިމޭއިރު ދެބައިކުޅަ އެއްބައި ރަށުގައި މިފަދަ މަރުކަޒުތައް ނިމިފައި ހުންނާނެ ކަމަށް ބެލެވޭ. އަދި އަންނަ އަހަރަށް ހުރިހާ ރަށެއްގެ މަސައްކަތް ނިންމާލެވޭނެ،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އާބާދީ ބޮޑެތި ރަށްރަށާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ބިނާކުރުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ހުރިހާ މަޝްރޫޢުތަކެއްގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ ސިއްހީ އާދަތަކަށް މަގުފަހިކޮށްދީ، ވަށާޖެހޭ ސިއްހީގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ މުޖްތަމަޢުއެއް ބިނާކުރުން ކަމަށެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ޒުވާނުންނަށް ބޭނުންވާ އިޖުތިމާޢީ އަދި ކުޅިވަރުގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި