Ads by
ޚަބަރު
ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދޭނަން: ޑރ. މުޢިއްޒު

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައައްތައެއްގެ ފައިސާ ދިނުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އދ. މަހިބަދޫއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން މީޑީއާތަކަށް ފައިސާ ދޭ ގޮތަށް އޮތުމުން ސަރުކާރުގެ ބާރާއި ނުފޫޒު ނޫސްވެރިކަމަށް ފޯރާ ކަމަށެވެ.

އަދި ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި އެންމެ މުހިންމު އެއް ދައުރު އަދާކުރާނެ އެއް ފަރާތަކީ މީޑިއާތައް ކަމަށާއި ސަރުކާރު ޒިންމާދާރުކޮށް، ނޫސްވެރިން ކުރާ ބުރަ މަސައްކަތުގައި ފުރިހަމަ އެހީތެރިކަން ދޭ ރައީސަކަށް ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް އެއީ ނޫސްވެރިކަމުގެ ތެރޭގައި މަސައްކަތްކުރާ އެކި ކަހަލަ މީޑިއާ ތަކަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް ފައިދާވާގޮތަށް ދިނުމަށް ހުށަހަޅާނަން” މުއިއްޒު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ތައުލީމު ހޯދުމުގެ ފުރުސަތެއް ނެތް ކަމަށް ފާހަގަކުރައްވަމުން މުޢިއްޒު ވިދާޅުވީ ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ވަކި ނިޒާމެއްގެ ދަށުން ހަމަޖައްސައިދެއްވާނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *