Saturday, 24 October 2026
Ads by

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޢިއްޒުއްދީން ފާލަން ސަރަހައްދުގެ ފަޅު ހުސްކޮށްދޭން އެދިއްޖެ

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޢިއްޒުއްދީން ފާލަން ސަރަހައްދުގެ ފަޅު ހުސްކޮށްދޭން އެދިއްޖެ

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ހަރަކާތްތަކަށް، މާލޭގެ ޢިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ފަޅު ހުސްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

Ad Image
Ads by

ކައުންސިލުން އެދިފައިވަނީ 2026 ޖުލައި 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކަށްޓަކައި، 25 ޖުލައި 2026 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން 27 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 00:00 ގެ ނިޔަލަށް އެ ސަރަހައްދުގެ ފަޅު ހުސްކޮށްދިނުމަށެވެ.

މި މުއްދަތުގެ ތެރޭގައި ޢިއްޒުއްދީން ފާލަމުގެ ހުޅަނގުން އޮންނަ ސަރަހައްދަށް ވަދެ ނުކުމެވާ އުޅަނދުފަހަރާއި، އެ ސަރަހައްދުގައި އަޅާފައިވާ ހުރިހާ އުޅަނދުފަހަރެއް ނެގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކުންނާއި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފައެވެ. ”މިކަމުގައި މިސަރަހައްދު ބޭނުން ކުރައްވާ ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވާ މިސަރަހައްދުގައި އޮޑިދޯނި ފަހަރު ގެންގުޅުއްވާ ފަރާތްތަކުން ޢަމަލީގޮތުން ބައިވެރިވެލެއްވުމަކީ މާލޭ ސިޓި ކައުންސިލްގެ އެދުމެކެވެ،“ ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މީގެ ކުރިންވެސް މިފަދަ ކަންކަމުގައި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ދެއްވާފައިވާ ތަރުހީބާއި އެއްބާރުލުން ފާހަގަކޮށް، ކައުންސިލުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި