Saturday, 24 October 2026
Ads by

ރާއްޖޭގައި ތިބި 51 އިންޑިއާ ސިފައިން ފޮނުވާލައިފި

ރާއްޖޭގައި ތިބި 51 އިންޑިއާ ސިފައިން ފޮނުވާލައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް 51 މީހަކު ރާއްޖެއިން އަނބުރާ ފޮނުވާލެވިފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

Ad Image
Ads by

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ 51 މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބީ އެ ގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވުމަށެވެ. ސިފައިން ފޮނުވާލުމަށްފަހު އެކަންކުރުމަށްޓަކައި އެ ގައުމުގެ ސިވިލިއަނުން ގެންނަން ވަނީ ނިންމާފައެވެ.
ހީނާ ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފޭބުމުން އެ ގައުމުން ރާއްޖެ ގެނައި ސިވިލިއަނުންގެ ޖުމްލަ އަދަދު ހާމަކުރައްވާނެ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ފެށި އިންޑިއާ އާއި ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުންގެ މަޝްވަރާގެ ހަތަރު ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވެއެވެ.

ރާއްޖޭގެ ތިން ޕްލެޓުފޯމެއްގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މި މަހު 10ގެ ކުރިން ފައިބާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް މުޅިން ސާފުނުވާ ކަމަަށާއި މިހާތަނަށް ބެލި ލިޔެކިޔުންތަކުން 77 އާއި 89އާ ދެމެދުގެ އަދަދުތަކެއް ފާހަގަކުރެވިފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެކަމަކު ކެމްޕެއިން ތެރޭގައި އޭރުގެ އިދިކޮޅު ބައެއް އިސް ވެރިން ވިދާޅުވަމުން ގެންދެވީ އިންޑިއާ ސިފައިންގެ އަަދަދު ހާހުން ވެސް ގުނޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި