Wednesday, 9 September 2026
Ads by

ނާބުލޫސް ހަމަނުޖެހުމަށްފަހު ޔަހޫދީ ސިފައިން އެސިޓީ ވަށާލައި ’ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް“ ގެ ނަމުގައި އުތުރު ވެސްޓް ބޭންކު ބަންދުކޮށްފި

ނާބުލޫސް ހަމަނުޖެހުމަށްފަހު ޔަހޫދީ ސިފައިން އެސިޓީ ވަށާލައި ’ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް“ ގެ ނަމުގައި އުތުރު ވެސްޓް ބޭންކު ބަންދުކޮށްފި

އިޒްރޭލުގެ ސިފައިންގެ ޙިމާޔަތުގައި ހަރުކަށި ފިކުރު ޔަހޫދީ ވަޒަންވެރިން، އިސްތިއުމާރުކޮށްފައިވާ ވެސްޓު ބޭންކުގެ ސައްރާ އަވަށަށް 24 ޖުލައި 2026 ގައި ވަދެގަތުމުން، އެކަމާ ދެކޮޅަށް ރައްދުދިނުމަށް ފަލަސްޠީނުގެ ރައްޔިތުން މަގުމައްޗަށް ނުކުންނަނީ. (ފޮޓޯ: ޢިޞާމް ރިމާވީ/އަނާދޯލޫ މެދުވެރިކޮށް ގެޓީ އިމޭޖަސް)

އިސްތިއުމާރީ ހައްދުފަހަނައެޅި ދައުލަތް، އިޒްރޭލުން ފޭރިފައިވާ ބިންތަކުގައި ދިރިއުޅޭ ހަރުކަށި ފިކުރު ޔަހޫދީ ވަޒަންވެރިން ފަލަސްޠީނު މުސްލިމުންނާ ދެކޮޅަށް ނިޒާމީ ގޮތެއްގައި ދެމުންދާ ޙަމަލާތަކާ ދުއްތުރާ ތަކުގެ ތެރެއިން ނާބުލުސްގައި ހިނގި ހަމަނުޖެހުންތަކެއްގައި ފަލަސްޠީނުގެ 4 މުސްލިމުންނާއި 2 ޔަހޫދީން މަރުވުމާ ގުޅިގެން، އިޒްރޭލުގެ އަސްކަރިއްޔާއިން ވެސްޓު ބޭންކުގެ އުތުރު ސަރަހައްދުތަކާއި ނާބުލުސް ސިޓީ އެއްކޮށް ބަންދުކޮށްފިއެވެ.

Ad Image
Ads by

ނާބުލުސް ކައިރީގައިވާ ’ތެލް‘ ރަށުގެ ދަނޑުބިމަކަށް އިޒްރޭލުގެ ނިރުބަވެރި ސިފައިންގެ ޙިމާޔަތުގައި ހަތިޔާރު އަޅައިގެން ތިބި އިޒްރޭލުގެ ހަރުކަށި ފިކުރު ޔަހޫދީންތަކެއް ޖަމާޢަތް ހަދައިގެން ވަދެގަތުމުން ފަލަސްޠީނުގެ މީހުން އެމީހުންގެ އަމިއްލަ ބިމާއި، ގެދޮރާއި މުދާތަކުގެ ދިފާޢުގައި އަނިޔާވެރިވަމުންދާ ޔަހޫދީންތައް ހުއްޓުވަން ނުކުތުމާއެކު، ހަރުކަށި ފިކުރު ޔަހޫދީންތައް ބަޑިޖަހައި ޓެރަރިޒަމްގެ ޢަމަލުތަކެއް ވަނީ ހިންގާފައެވެ. އަދި އެތަނުން ޔަހޫދީއެއްގެ އަތުން ބަޑި އަތުލައި ފަލަސްޠީނުގެ ހިތްވަރުގަދަ މުސްލިމެއް ވަނީ ރައްދުގައި ޔަހޫދީ މުޖުރިމުންނަށް ޙަމަލާދީފައެވެ. މި ޙަމަލާތަކުގައި ފަލަސްޠީނުގެ 4 މުސްލިމުން ޝަހީދުވެ، ހަރުކަށި ފިކުރު ޔަހޫދީ ސެކިއުރިޓީ ގާޑަކާއި ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.

އިޒްރޭލުގެ ހަރުކަށި ފިކުރު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ތެލް ރަށުގައިވާ ތުހުމަތުކުރެވޭ މީހުންގެ ގެތައް ބިމާހަމަކޮށް ކޮށްލުމަށާއި، ހަރުކަށި ފިކުރު ޔަހޫދީ ވަޒަންވެރިންނަށް އާ އައުޓްޕޯސްޓްތައް (ފަލަސްޠީނުގެ ބިންތައް ފޭރި އިމާރާތްކުރާ ގެތައް) ހެދުމުގެ ހުއްދަ ދިނުމަށް އަމުރުކޮށްފައެވެ. އަދި ޔަހޫދީ ނިރުބަވެރި ދައުލަތުގެ ހައްދުފަހަނައެޅި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗު ވަނީ ތެލް އަދި ކައިރި ރަށްތައް އެއްކޮށް ބިމާ ހަމަކޮށް ރެެފިއުޖީ ކޭމްޕުތަކަށް ހެދުމަށް ގޮވާލާފައެވެ.

މި ހާދިސާއާއެކު އިޒްރޭލުގެ މުޖުރިމު ސިފައިން ވަނީ ނާބުލުސްގެ މަގުތައް ބަންދުކޮށް، ގިނައަދަދެއްގެ ސިފައިން ވަދެގަނެ ފުޅާ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު