އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދެމުންދާ ވައިގެ ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ އަސްކަރިއްޔާއިން ވަނީ ބަޙްރައިން، އުރުދުން އަދި ކުވެއިތުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ގިނައަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.
⭕️ IRGC Announcement No. 46 said the 26th wave of "Operation Nasr 2" targeted U.S. forces in Kuwait in retaliation for a U.S. strike on an Iran-Iraq border crossing used by Arbaeen pilgrims.
➤ A U.S. electronic warfare unit at Al-Adyeri base was struck and, according to the… pic.twitter.com/gUWK70FXea
— Drop Site (@DropSiteNews) July 23, 2026
އުރުދުންގެ އަސްކަރިއްޔާއިން ވަނީ އެޤައުމުގެ ވައިގެ ސަރަހައްދުން ދަތުރުކުރި އީރާނުގެ 7 މިސައިލާއި 6 ޑްރޯން ވައްޓާލާފައެވެ. ކުވެއިތުގައިވާ އެމެރިކާގެ އަސްކަރީ ކޭމްޕްތަކަށް (ކޭމްޕް ދޯހާ، އުދައިރީ އަދި އަރިފްޖާން) އީރާނުގެ ’އަރަޝް‘ ޑްރޯންތަކުން ވަނީ ހަމަލާދީފައެވެ. ބަޙްރައިންގެ އީސާ އެއާ ބޭސްގައި ހުރި ތެޔޮ ތާންގީތަކަށާއި މުދާ ގުދަންތަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ. އުތުރު ޢިރާޤުގެ އިރްބިލް އެއާޕޯޓް ކައިރީގައިވާ އެމެރިކާގެ ސިފައިން ތިބޭ ސަރަހައްދަށް އަމާޒުވި 5 ޑްރޯނެއް ވަނީ ވައްޓާލާފައެވެ.
އީރާނުގެ މި ހަމަލާތަކާއެކު މުޅި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައެވެ.













