Sunday, 25 October 2026
Ads by

އަމާޒަކީ ޕްރައިވެޓް ސެކްޓާ ވަރުގަދަކޮށް ޒުވާނުންގެ ވަޒީފާގެ ފުރުސަތު އިތުރުކުރުން: ރައީސް

އަމާޒަކީ ޕްރައިވެޓް ސެކްޓާ ވަރުގަދަކޮށް ޒުވާނުންގެ ވަޒީފާގެ ފުރުސަތު އިތުރުކުރުން: ރައީސް

މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށާއި، ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް އިގުތިސާދު ހަރުދަނާކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެމަނިކުފާނު މިހެން ވިދާޅުވީ، ”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިދިޔަ ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާއަށް ނެގުމުގެ ސަބަބުން މަސްވެރިކަން ފަދަ އުފެއްދުންތެރި ދާއިރާތަކުން ޒުވާނުން ދުރުވެފައިވާކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ކުންފުނިތައް ރައިޓް ސައިޒްކޮށް، ޒުވާނުން ޕްރައިވެޓް ސެކްޓަރާ ގުޅިގެން މަސައްކަތްކުރާނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.

އިގުތިސާދީ އިސްލާހީ މި އެޖެންޑާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ ޕްރައިވެޓް ސެކްޓަރަށް އިންސެންޓިވްތައް ދީގެން ވިޔަފާރިތައް ފުޅާކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޚާއްސަކޮށް، ރީޓެއިލް އަދި ސާވިސް ދާއިރާތަކުގައި މިހާރު ބޭރު މީހުން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހި ޒުވާނުން ނެރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެެއް ކަމަށް ވިދާޅުވިއެވެ

.“މިސާލަކަށް ކޭޝިއަރުން. ކޭޝިއަރުންނަކީ ވަރަށް ކުޑަކުޑަ މުސާރައެއް ލިބޭ ބައެއް. ބޭރު މީހުން ގިނައިން މި ގެންގުޅެނީ. ސަރުކާރުން ނިންމާފައި މިވަނީ އެކަމުގައިވެސް ޕްރައިވެޓް ސެކްޓާއާއެކުގައި މަސައްކަތްކޮށްގެން އެއީ ދިވެހިންނަށް ހާއްސަ ވަޒީފާއެއްގެ ގޮތުގައި ހަމަޖައްސަން. އެކަން ކުރެވޭނީ އިންސެންޓިވްތަކެއް ހަމަޖައްސައިގެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ

ޒުވާނުންނަށް އަމިއްލަ ވިޔަފާރިތައް ފެށުމަށް ފަހިކޮށްދިނުމުގެ ގޮތުން، ތާރީހީ ލުއި ލޯނު ސްކީމުތަކެއް މިހާރު ތައާރަފްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލޯނުތަކުގެ ސަބަބުން ޒުވާން ވިޔަފާރިވެރިންނަށް އެމީހުންގެ މަސައްކަތްތައް ފުޅާކުރުމުގެ ފުރުސަތު ލިބި، އިގުތިސާދުގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ފެށުމަށް ރާވާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ޕްރައިވެޓް ސެކްޓަރު ވަރުގަދަކޮށް، ޒުވާނުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9451
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް
20261024_235904
ޔަމަނުގެ ޢަދަންގެ އަސްކަރީ މަރުކަޒުތަކަށާއި އެއަރޕޯޓަށް ޙޫޘީން ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފި
Rape cases
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފި
MIRA-1
ގްރީން ޓެކްސްގެ ސުންގަޑިތަކަށް މީރާއިން ބަދަލު ގެނެސްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި