Wednesday, 9 September 2026
Ads by

ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ ހުރިހާ މަޝްރޫޢެއް ނިންމާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ ހުރިހާ މަޝްރޫޢެއް ނިންމާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

"ދަ ޕަލްސް" ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑުގައި ރައީސް ޑރ. މުޢިއްޒު އެކިއެމްވީގެ ނޫސްވެރިޔާ ޝިފްލާ އާއިއެކު... ފޮޓޯ| ރައީސް އޮފީސް

ރާއްޖޭގެ ޒުވާނުންނަކީ ދުޅަހެޔޮ، ހަށިހެޔޮ އަދި ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި، އެކި ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭހެން ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”ދަ ޕަލްސް“ ޕޮޑްކާސްޓްގައި ޒުވާނުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަށް ހަރަކާތްތެރިވެވޭނެ ތަންތަން މަދުވުމަކީ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން ކުރިން ވެހިކަލް ގަރާޖެއްގެ ގޮތުގައި ބޭނުންކުރި ތަނެއް، މިހާރު ޒުވާނުންނަށް ފައިދާހުރި ގޮތަކަށް ”ޔޫތު ހަބް“ އެއްގެ ގޮތުގައި ބަދަލުކޮށް، ތަރައްޤީކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ރޭވިފައިވާ ކަންކަމުގެ ތަފްޞީލް ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި ޒަމާނީ ފެންވަރުގެ ފިޓްނަސް ރިކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ބިނާކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި ހުޅުމާލޭގައި ބޯލިން އެރީނާއަކާއި، ނެޓްބޯޅަ ކޮމްޕްލެކްސްއެއްގެ އިތުރުން މާލޭގައި މަތިމައްޗަށް ހުންނަ ފުޓްސަލް ދަނޑުތަކެއް ހިމެނޭ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

މީގެ އިތުރުން، މާލޭގެ ސަލްޓަން ޕާކުގައި އިންޑޯ އީ-ގޭމިންގ ސެންޓަރެއް އެޅުމުގެ މަސައްކަތާއި، ހުޅުމާލެ ލިންކް ރޯޑް ސަރަޙައްދުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ރޭސިންގ އަދި ޑްރިފްޓިންގ ޓްރެކެއް ހިމެނޭ ސްޓޭޑިއަމެއް ބިނާކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެގޮތުން، ޒުވާނުންނަކީ ޤައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު ހިއްސާކަން ފާހަގަކުރެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.ވަކީން ޚާއްޞަކޮށް، ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްޤީކޮށްދެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

މިފަދަ މަޝްރޫޢުތަކަކީ ހަމައެކަނި ވެރިރަށް، މާލެއަށް ޚާއްޞަ ކަމަކަށްވުމުގެ ބަދަލުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިފަދަ ޚިދުމަތްތައް ގާއިމުކުރެވެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދެވޭއިރު، މިފަދަ މަޝްރޫޢުތައް ހުންނާނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި