Wednesday, 9 September 2026
Ads by

2030 އަށް ޖީޑީޕީގެ 15 އިންސައްތަ ޒުވާނުންގެ އަތްމައްޗަށް: ރައީސްގެ އަމާޒު ”ކްރިއޭޓިވް އިކޮނޮމީ“ އަށް!

2030 އަށް ޖީޑީޕީގެ 15 އިންސައްތަ ޒުވާނުންގެ އަތްމައްޗަށް: ރައީސްގެ އަމާޒު ”ކްރިއޭޓިވް އިކޮނޮމީ“ އަށް!

"ދަ ޕަލްސް" ޕްރޮގްރާމްގެ 5 ވަނަ އެޕިސޯޑުގައި ރައީސް ޑރ. މުޢިއްޒު .. ފޮޓޯ| ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މައި އިސްކަމެއް ދެވޭ އެއް ދާއިރާއަކީ ޒުވާނުން ތަރައްޤީކޮށް، އެކަނބަލުންނާއި އެކަލުން ބާރުވެރިކުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ”ދަ ޕަލްސް“ ޕްރޮގްރާމްގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ބިނާކުރުމުގައި ސަރުކާރުން އެންމެ މުހިންމު ފަރާތެއްގެ ގޮތުގައި ބަލަނީ ޒުވާނުން ކަމަށެވެ. އެގޮތުން ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ސަރުކާރުން މިހާރުވެސް ކުރިއަށް ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށްޓަކައި އެކި ކަހަލަ ސްކީމްތައް ތަޢާރަފްކޮށް ހިންގުމާއި، ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މީގެ އިތުރުން، ކިޔަވާ ނިމުމަށްފަހު ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރެއިން ވަރަށް މުހިންމު ދާއިރާއެއް ޒުވާނުން ތަރައްޤީ ކުރުމުގެ ދާއިރާ އަކީ.. އެންމެ މައި އިސްކަމެއް ދެވޭ ދާއިރާއެއްގެ ގޮތުގައި ބެލެވޭ ދާއިރާއެއް. ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދު ބިނާކުރުމުގަ ސަރުކާރުގެ އެންމެ މުހިންމު އެއްފަރާތް“ ރައީސް ވިދާޅުވިއެވެ.

”ކްރިއޭޓިވް އިކޮނޮމީ“ ނުވަތަ އުފެއްދުންތެރި އިޤްތިޞާދެއްގެ ހަޤީޤީ ސިފަ ރާއްޖޭގެ އިޤްތިޞާދުގެ ތެރެއިން ޖެއްސުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ މަދުވެގެން 15 އިންސައްތަ އަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ހިއްސާކުރާ މިންވަރަކަށް ހެދުމެވެ.

”ކްރިއޭޓިވް އިކޮނޮމީއެއްގެ ހަޤީޤީ ސިފަ ރާއްޖޭގެ އިގްތިޞާދުގެ ތެރެއިން ޖައްސުވައިދީ އެ ފަހު ފުރުސަތު ގާއިމްކޮށްދީ އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އިގްތިޞާދުގަ ޖީޑީޕީއަށް 15 އިންސައްތައަށްވުރެ މަދުނޫން އަދަދެއް 2030 ވަނަ އަހަރު އަންނަންވާއިރަށް ކޮންޓްރިބިއުޓްކުރާ ދާއިރާއަކަށް ކްރިއޭޓިވް އިކޮނޮމީ ހެދުމުގެ އަމާޒު ހާސިލުކުރުމާ މިކަހަލަ ވަރަށް ގިނަ ކަންކަން ހިމެނޭ ހަގީގަތުގަ“ ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރިއަށްދާނެ މަގުތައް ނުފެންނަ ޒުވާނުންނަށްވެސް އެކި ކަހަލަ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ވަނީ ރާވާފައެވެ. އެގޮތުން ”ނޭޝަނަލް ސާވިސް ޕްރޮގްރާމް“ މެދުވެރިކޮށް ޒުވާނުންނަށް މަގުކޮށައިދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޒުވާނުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ފުރުޞަތުތަކާއެކު، ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ޒުވާނުންނަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދިނުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި