Wednesday, 9 September 2026
Ads by

ސަރުކާރުގެ 4 ކުންފުންޏެއްގެ ބޯޑަށް އައު މެންބަރުން އައްޔަންކުރައްވައިފި

ސަރުކާރުގެ 4 ކުންފުންޏެއްގެ ބޯޑަށް އައު މެންބަރުން އައްޔަންކުރައްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދައުލަތުގެ މުހިންމު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކުރައްވައިފިއެވެ.

Ad Image
Ads by

މި ބަދަލުތައް ގެންނަވާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މަސައްކަތްތައް ހަލުވިކުރުމުގެ މަގުސަދުގައެވެ. މިގޮތުން ބޯޑަށް މެންބަރުން އައްޔަންކުރެއްވި ކުންފުނިތަކަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެވެ.

ޕީސީބީން ހާމަކުރައްވާފައިވާ ގޮތުގައި މި ކުންފުނިތަކުގެ ބޯޑަށް އަލަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:

  • ފަހި ދިރިއުޅުން ކޯޕަރޭޝަން: ޢަބްދުﷲ ޔާމީން، މއ. ޝަހީން
  • އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް: މައީޝާ އިބްރާހިމް، ދ. ކުޑަހުވަދޫ، ތިކުރީތު
  • ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން: ޝާހިދު މޫސާ، ދ. ބަނޑިދޫ، ފެހިވިނަ
  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން: އަޙްމަދު މާޒިން، ގ. ބަނީ

ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ ދައުލަތުގެ ކުންފުނިތަކަކީ ނަތީޖާ ނެރޭ، ހަރުދަނާ ތަންތަނަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަންކުރައްވާ ބޭފުޅުންނަކީ އެ ބޭފުޅަކު އައްޔަންކުރައްވާ ދާއިރާއަކުން މަތީ ތައުލީމާއި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާބިލު ބޭފުޅުންކަން ޕީސީބީން ފާހަގަކުރެއެވެ.

މި އައްޔަންކުރެއްވުންތަކާއެކު، ކުންފުނިތަކުގެ ހިންގުމަށް އިތުރު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި