Wednesday, 9 September 2026
Ads by

ބޮޑުތަކުރުފާނުމަގު އަލަށް ތަރައްޤީކުރި ސަރަހައްދު މާދަމާ ހަވީރު ހުޅުވާލަނީ

ބޮޑުތަކުރުފާނުމަގު އަލަށް ތަރައްޤީކުރި ސަރަހައްދު މާދަމާ ހަވީރު ހުޅުވާލަނީ

މާލޭގެ ބޮޑުތަކުރުފާނުމަގުން އަލަށް ތަރައްޤީކުރި ސަރަހައްދުގެ މަސައްކަތްތައް ނިމި، މާދަމާ ހަވީރު އާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

Ad Image
Ads by

ވަޒީރު ޑރ. މުއްޠަލިބު މިކަން ހާމަކުރެއްވީ ބޮޑުތަކުރުފާނުމަގުގައި އަލަށް ތަރައްޤީކޮށްފައިވާ ޕާކިން ޒޯނު ސަރަހައްދުގައި ގަސް އިންދުމަށް މިއަދު ބޭއްވި ހަރަކާތަކަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މަގުގެ މަސައްކަތްތައް އެއްކޮށް ނިމި، މާދަމާ ހަވީރު 4:00 އިން ފެށިގެން އާންމުންނަށް ދަތުރުފަތުރު ކުރުމަށް މަގު ހުޅުވާލާނެ ކަމަށެވެ.

”ދެން އަޅުގަނޑުމެންގެ ވިސްނުމަކީ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު ހަތަރަކުން ފެށިގެން އާންމުންނަށް މަގު ހުޅުވާލުން. ވަކި ރަސްމިއްޔާތެއް ބާއްވާ ގޮތަކަށް ނޫން އޮތީކީ. އަޅުގަނޑުމެން މަގުގެ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު ހަތަރަކުން ފެށިގެން އާންމުންނަށް މަގު ބޭނުންކުރެވޭ ވަރަށް ހުޅުވާލާނަން،“ ވަޒީރު ވިދާޅުވިއެވެ.

މަގު ހުޅުވާލުމުގެ ކުރިން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތަކީ، މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ވީހާވެސް ހިތްފަސޭހަ، މާލޭގެ މަލަމައްޗަށް ތަނަވަސްކަން ގެނެވޭނެ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހިންގި ހަރަކާތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ގަސް އިންދާފައި ހުރި ސަރަހައްދުތަކުގައި ރުއް އިންދުމާއި، ތަފާތު މާމެލާމެލީގެ ގަސްތައް އިންދައިގެން މަގުތައް ފެހިކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ބާރަށް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން، މުޅި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސާވޭގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް ރައްކާތެރި، ހިތްފަސޭހަ ތަންތަނަށް ހެދުމަށެވެ.

ބޮޑުތަކުރުފާނުމަގުގެ މި ސަރަހައްދު ހުޅުވާލުމާއެކު މާލޭގެ އިރުމަތީ ފަރާތުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި