Sunday, 25 October 2026
Ads by

ޖުލައި 26ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުން މުޅިން އައު ޚިދުމަތްތަކެއް ފަށަނީ

ޖުލައި 26ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުން މުޅިން އައު ޚިދުމަތްތަކެއް ފަށަނީ

ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، މުޅިން އައު ޚިދުމަތްތަކެއް މިއަހަރުގެ މިނިވަން ދުވަހުގެ ކުރިން ފެށުމަށް ތައްޔާރުވެއްޖެއެވެ.

Ad Image
Ads by

މިކަމާ ގުޅޭގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ޖުލައި 26ގެ ކުރިން މުހިންމު ޚިދުމަތްތަކެއް ތައާރަފްކުރެވޭނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި އައު ޚިދުމަތްތަކެއް ފައްޓަވާނެކަން އިޢުލާނުކުރައްވާފައެވެ. އެގޮތުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ގޮހޮރާއި މައިދާގެ ބަލިތަކަށް ޚާއްސަ އޯޕީޑީއާއި، ޔޫރޮލޮޖީ އަދި އީއީޖީގެ ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން ނާރުގެ ބަލިތަކަށް ޚާއްސަ ކްލިނިކަކާއި، ގްލޮކޯމާ ފަރުވާގެ ޚިދުމަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ސީއީއޯ ޙަލީމް ވިދާޅުވި ގޮތުގައި މި ޚިދުމަތްތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

”މިހާރު ގޮހޮރާ މައިދާގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަންވެއްޖެއްޔާ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ވަޑައިގަންނަވާނީ އައިޖީއެމްއެޗަށް. އެކަމަކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި އެ ޚިދުމަތް ފަށާނަން،“ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ލޭގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ ”ގޯލްޑް ސްޓޭންޑާޑް“ ޓެސްޓުތައްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން އެޗްއައިވީ ފަދަ ބަލިތަކުގެ ނަތީޖާ ކުރިއަށްވުރެ އަވަހަށް ލިބިގެންދާނެ ކަމަށާއި، ހޮސްޕިޓަލުން ފޯރުކޮށްދޭ ކެންސަރު ބަލީގެ ފަރުވާވެސް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އޭގެ ތެރޭގައި ޒަމާނީ 4 އޮޕަރޭޓިންގ ރޫމް ހިމެނޭ ތިއޭޓަރ ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން، 14 އެނދުގެ ނިއޮނޭޓަލް އައިސީޔޫއެއް (NICU) ވަނީ ތަރައްޤީކޮށްފައެވެ. އަދި ހޮސްޕިޓަލުގެ އީއާރު އެނދުގެ އަދަދު 7 އިން 14 އަށް އިތުރުކޮށް، ޑައިލިސިސް ޚިދުމަތްވެސް ވަނީ ފުޅާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި