Wednesday, 9 September 2026
Ads by

އިންޑިއާ އޭޝިޔާ ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

އިންޑިއާ އޭޝިޔާ ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

ގްލޯބަލް އިންޑިއާ ބިޒްނަސް ފޯރަމްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ”އިންޑިޔާ – އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2026“ އަދި ”އިކޯ ސަސްޓެއިން އެކްސްޕޯ 2026“ ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ވިޔަފާރި ކުންފުނިތަކަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މިއަދު ބުނެފިއެވެ.

Ad Image
Ads by

މި ބޮޑު ކޮންކްލޭވްގެ ހަތަރު ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ހައިދަރުއާބާދުގައެވެ. މި ހަރަކާތް ކުރިއަށްދާނީ 2026 ވަނަ އަހަރުގެ ޖުލައި 31 އިން އޯގަސްޓް 1 ގެ ނިޔަލަށެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، އިންޑިއާ- އޭޝިޔާ ބިޒްނަސް ކޮންކްލޭވް އަކީ މި ސަރަހައްދުގައި ބޭއްވޭ ބައިނަލްއަގުވާމީ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ އެންމެ މުހިންމު އެއް ޕްލެޓްފޯމެވެ. މި މައުރަޒުގައި އިންޑިއާގެ 500 އަށް ވުރެ ގިނަ ވިޔަފާރި ކުންފުނިތަކާއި، ބައިނަލްއަގުވާމީ ވިޔަފާރި ވަފުދުތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސަރުކާރުތަކުގެ މަންދޫބުންނާއި ޑިޕްލޮމެޓުން ބައިވެރިވާނެއެވެ. އަދި އޭޝިޔާ ސަރަހައްދުގެ 20 އަށް ވުރެ ގިނަ ގައުމުން ވިޔަފާރިވެރިން މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ކޮންކްލޭވްގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

އޭގެ ތެރޭގައި، ބައިނަލްއަގުވާމީ ވިޔަފާރި ނެޓްވޯކިން ފުރުސަތުތައް ހޯދުން، އިންވެސްޓްމަންޓް އަދި ޖޮއިންޓް ވެންޗަރ ފުރުސަތުތައް ދެނެގަތުން، ސެކްޓަރ ބޭސްޑް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުން، އިންޑިއާގެ މެނިފެކްޗަރުން ނާއި އެކްސްޕޯޓަރުން އަދި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާ ބައްދަލުކުރުމުގެ އިތުރުން ދިވެހި އުފެއްދުންތަކާއި ޚިދުމަތްތައް ބައިނަލްއަގުވާމީ މާކެޓަށް ދައްކާލުން ހިމެނެއެވެ.

މީގެ އިތުރުން، އިންފްރާސްޓްރަކްޗަރ، ޓޫރިޒަމް، ރިނިއުއަބަލް އެނަރޖީ، ހެލްތްކެއަރ، އެޑިއުކޭޝަން އަދި ލޮޖިސްޓިކްސް ފަދަ މުހިންމު ދާއިރާތަކުން ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުސަތުވެސް މި ބައްދަލުވުމުގެ ތެރެއިން ފަހިވެގެންދާނެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިންތިޒާމްކުރާ ފަރާތުން ކަނޑައަޅާފައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން އިރުޝާދު ދެއްވައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި ފޯރަމްގެ ރަސްމީ ވެބްސައިޓް ބައްލަވާލެއްވުމަށް ނުވަތަ deepali.gadkari@gibf.biz އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި