Thursday, 12 February 2026
Ads by

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން ގޮވާލައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތައް ވަގުތުން ހުއްޓުވައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by MN Maldives

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 15 ވަނަ ސަމިޓްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރަން ގޮވާލައްވައިފައެވެ. އަދި ބައިނަލްއަގުވާމީ ކޯޓުގައި އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތާއީދުކޮށް އިސްރާއީލްއާއި ދެކޮޅަށް ވަކާލާތު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދެމެހެއްޓެނިވި ސުލްހައަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރައްވައި ޑރ ޝަހީމް ވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އިސްލާމީ ގައުމުތަކަށް ގޮވާލައްވައިފައެވެ.

މީގެ އިތުރުން، މި ތަގުރީގުގައި ޝަހީމް ވަނީ މިޔަންމާގެ މުސްލިމުންގެ ދިފާއުގައި އިސްލާމީ އުންމަތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ލިބެމުންދާ އަނިޔާ އާއި ތަފާތު ކުރުން އިތުރުވަމުންދާ ކަމަށާއި ދާދި ފަހުން ދިން ވައިގެ ހަމަލާތައް ހިމެނޭ ގޮތަށް މިހާރު ހިނގަމުންދާ ބިރުވެރި ޖަރީމާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، ޒަހަމްވެ، ގެދޮރު ގެއްލިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް މިޔަންމާ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޯއައިސީގެ އިސްލާމިކް ސަމިޓަކީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓެކެވެ. އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި އަހަރުގެ ސަމިޓް ކުރިއަށް ދާނީ މިއަދުގެ ނިިޔަލަށެވެ.

މި އަހަރުގެ ސަމިޓުގެ ޝިއާރަކީ “ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން” އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7480
މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ މޫސާ ޖަލީލް: ނިމާލް
WhatsApp Image 2026-02-11 at 20.48
ކުރެންދޫގައި ބިނާކުރި މަސްޖިދުލް ސިއްދީޤް ހުޅުވައިފި
WhatsApp Image 2026-02-11 at 20.48
އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތެއްގެ ދިވެހި ތަރުޖަމާ ނެރެފި
HA22lvkacAAspxN
ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިންމާލައިފި
Ads by
މަގުބޫލު
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
shuja
އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު
arif
ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް
breaking
އިންތިޚާބަކާ ނުލައި 2 ދާއިރާއެއްގެ ކައުންސިލް ގޮނޑިތަކެއް ޕީއެންސީއަށް
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
shuja
އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު
arif
ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް
breaking
އިންތިޚާބަކާ ނުލައި 2 ދާއިރާއެއްގެ ކައުންސިލް ގޮނޑިތަކެއް ޕީއެންސީއަށް