Sunday, 26 July 2026
Ads by

ރަތްކަނޑުން ދަތުރުކުރި ސަޢޫދީގެ ދެ ތެޔޮ ބޯޓަކަށް ހޫޘީން ޙަމަލާދީފި، ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް

ރަތްކަނޑުން ދަތުރުކުރި ސަޢޫދީގެ ދެ ތެޔޮ ބޯޓަކަށް ހޫޘީން ޙަމަލާދީފި، ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިންގެ މީޑިއާ ގޮފި 'އަންޞާރުﷲ މީޑިއާ އޮފީސް' އިން މިއަދު އެކްސް ޕްލެޓްފޯމްގައި ޕޯސްޓުކޮށްފައިވާ ބަސްދީގަތުމުގެ ސްކްރީން ގްރެބްއަކާއެކު، ހޫޘީ ހަނގުރާމަވެރީން މިސައިލް ފޮނުވާލާ މަންޒަރާއި 29 އޮގަސްޓް 2024 ވީ ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯއަކުން ނަގާފައިވާ މި މަންޒަރުން ފެންނަނީ، ޙޫޘީ ހަނގުރާމަވެރިން އެ ޓޭންކަރަށް އަރައި ގޮވާތަކެތި ހަރުކުރުމަށްފަހު، ރަތް ކަނޑުގައި އޮތް ގްރީސްގެ ދިދަ ނަގާފައިވާ 'ސޫނިއަން' ތެޔޮ ޓޭންކަރަށް ޙަމަލާތަކެއް އަމާޒުވާ މަންޒަރުގެ ސްކްރީން ގްރެބްތަކުގެ ފޮޓޯ ކޮލާޖު.

މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން ޔަމަނުގެ ހޫޘީ ޖަމާއަތުން ރަތްކަނޑުން ދަތުރުކުރި ސަޢޫދީ ޢަރަބިއްޔާގެ ދެ ތެޔޮ ބޯޓަކަށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީ، އެ ދެ ބޯޓުގައި އަލިފާން ރޯކޮށްލައިފިއެވެ.

Ad Image
Ads by

ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ކަށަވަރުކޮށްދިން ގޮތުގައި، ހަމަލާދީފައިވަނީ ސައުދީގެ ”އެންސެލިއާ“ އަދި ”ލައިލާ“ ނަމަކަށް ކިޔާ ދެ ތެޔޮ ބޯޓަށެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ބުނިގޮތުގައި، ސަޢޫދީގެ އަލް-ޝުޤައިޤް ސިޓީގެ ހުޅަނގުދެކުނުން 70 ނޯޓިކަލް މޭލު ބޭރުން ’އެންސެލިއާ‘ ބޯޓަށް މިސައިލެއް އަމާޒުވެ، ބޯޓުގައި ބޮޑު އަލިފާންގަނޑެއް ވަނީ ރޯވެފައެވެ.

ހޫޘީން ބުނީ މި ޙަމަލާތަކަކީ ސަޢޫދީގެ ބަނދަރުތަކާ ދެކޮޅަށް އެމީހުން ޢިއުލާނުކޮށްފައިވާ ކަނޑުގެ ބްލޮކޭޑާ ސަޢޫދީ ބޯޓުތަކުން ޚިލާފުވުމުން ދިން ރައްދު ޙަމަލާތަކެއް ކަމަށެވެ. ހުރުމުޒު ކަނޑުއޮޅި ބަންދުވެފައިވުމުން، ސަޢޫދީން ދުވާލަކު 4.9 މިލިއަން ބެރަލްގެ ތެޔޮ އެކްސްޕޯޓް ކުރަނީ ހުޅަނގުގެ ރަތްކަނޑުގައިވާ ޔަންބޫ ބަނދަރު މެދުވެރިކޮށެވެ. ނަމަވެސް، ހޫޘީން ބާބު އަލް-މަންދަބް ކަނޑުއޮޅި ކައިރިން ސަޢޫދީ ބޯޓުތަކަށް ހަމަލާދޭން ފެށުމާއެކު، ސަޢޫދީގެ މައި ދެ ތެޔޮ މަގުވެސް މިވަނީ އެއްކޮށް ބަންދުވުމުގެ ނުރައްކަލުގެ ތެރޭގައެވެ. މިއާއެކު ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 95 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި