Wednesday, 9 September 2026
Ads by

ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރު 4 ގައި ބަންގްލަދޭޝްގައި ފަށަނީ

ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރު 4 ގައި ބަންގްލަދޭޝްގައި ފަށަނީ

އެކި ސަބަބުތަކާހުރެ ބޭއްވުން ލަސްވަމުންދިޔަ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް ނިންމައި ތާވަލު އިއުލާނުކޮށްފިއެވެ.

Ad Image
Ads by

ސާފް އިން ހާމަކޮށްފައިވާ ގޮތުގައި، 15 ވަނަ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. މި މުބާރާތް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 4 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ 2018 ވަނަ އަހަރަށްފަހު ބަންގްލަދޭޝްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން ސާފް އިން ބުނީ، މުބާރާތުގެ ލޯގޯ އިފްތިތާހުކުރުމުގެ ޚާއްޞަ ހަފްލާއެއް މި މަހުގެ 25 ވަނަ ދުވަހު ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތައް ގްރޫޕްތަކަށް ބަހާލުމަށް ބާއްވާ ގުރުނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު، ބޫޓާނުގެ ތިމްފޫގައެވެ.

ސާފްގެ ސެކްރެޓޭރިއަޓުން އުންމީދު ކުރަނީ މިފަހަރުގެ މުބާރާތުގައި ސަރަހައްދުގެ ހުރިހާ މެމްބަރު ގައުމުތަކަކުން ވެސް ބައިވެރިވާނެ ކަމަށެވެ. ”މިއީ ސަރަހައްދީ އެންމެ ހައިބަތުބޮޑު މުބާރާތް ކަމާއި މިއީ މި ސަރަހައްދުގެ ގައުމުތަކުން އެންމެ ބޮޑަށް އިންތިޒާރުކުރާ މުބާރާތްކަމަށް ގަބޫލުކުރަން،“ ސާފް އިން ނެރުނު ބަޔާނުގައިވެއެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލީ ދިވެހިރާއްޖެއިންނެވެ. އެއީ ރާއްޖެއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. ރާއްޖެއިން ވަނީ 2008 ވަނަ އަހަރާއި 2021 ވަނަ އަހަރު މި މުބާރާތް ހޯސްޓުކޮށްފައެވެ.

އެންމެ ފަހުން 2023 ވަނަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތުގައި، މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން ކުވެއިތާއި ލުބުނާން ވެސް ވާދަކުރިއެވެ. އެ ފަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާއިންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި