Wednesday, 9 September 2026
Ads by

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 9 ވަނަ ބުރު އައްޑޫ ސިޓީގައި ފަށައިފި

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 9 ވަނަ ބުރު އައްޑޫ ސިޓީގައި ފަށައިފި

ސްޕެޝަލް ކޮންސްޓަބިއުލަރީގެ މަސައްކަތްތަކަށް އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ބާއްވާ ”ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯސް“ ގެ 9 ވަނަ ބުރު އައްޑޫ ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސް ފައްޓަވައިދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ހެޑް އޮފް ރަޖިސްޓްރޭޝަން އެންޑް ސްޓޫޑަންޓް ސާވިސަސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަޙްމަދު ރަޝީދު އެވެ.

މި ކޯހަކީ ސްޕެޝަލް ކޮންސްޓަބިއުލަރީގެ މަސައްކަތްތަކާ އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ތަރުބިއްޔަތު ދީ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ފުލުހުން ތައްޔާރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކޯހެކެވެ.
ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ކޯހުގައި ޖުމްލަ 22 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ފިރިހެން ދަރިވަރުންނާއި 06 އަންހެން ދަރިވަރުންނެވެ.

މި ކޯހުގެ މުއްދަތުގައި ދަރިވަރުންނަށް އިންޑޯރ އަދި އައުޓްޑޯރ މާއްދާތައް ހިމެނޭހެން ޖުމްލަ 06 މޮޑިއުލްއެއް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވަޒީފާގެ މަސްއޫލިއްޔަތު އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނުތަކާއި، މުހިންމު ހުނަރުތަކާއި، އިލްމު އަދި މުއާމަލާތު ކުރުމުގެ ހުނަރުތައް ހިމެނެއެވެ.

މީގެ އިތުރުން ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލް، ބާރުގެ ބޭނުންކުރުން، ދިފާއީ އުކުޅުތައް، ފުރަތަމަ އެހީ، އަދި އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދެވޭނެއެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމާއި، މަސައްކަތުގެ އަހުލާގާއި ސެކިއުރިޓީއާ ގުޅޭ ތަފާތު އުކުޅުތައް މި ކޯހުގެ ތެރެއިން ދަސްކޮށްދިނުމަށް ވަނީ ރޭވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި