Wednesday, 9 September 2026
Ads by

ޓީ.ޖީ.އެސް.ޓީގެ އާމްދަނީ 6.7 ބިލިއަނަށް: ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ޓީ.ޖީ.އެސް.ޓީގެ އާމްދަނީ 6.7 ބިލިއަނަށް: ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިއަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވި މުހިންމު ސަބަބެއް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އިން ބުނެފިއެވެ.

Ad Image
Ads by

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 16 ޖުލައި 2026 ގެ ނިޔަލަށް އެކުލަވާލައި، އެންމެ ފަހުން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް“ ރިޕޯޓުގައިވާ ގޮތުން، ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ.ޖީ.އެސް.ޓީ އިންނެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު މިންވަރު ވަނީ 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތަ އިތުރުވެފައެވެ.

ޓީ.ޖީ.އެސް.ޓީ އާއި އާންމު ޖީ.އެސް.ޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 9.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 2.7 ބިލިއަން ރުފިޔާއިން 3.0 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.

ޖުމްލަ އާމްދަނީ އާއި ހިލޭ އެހީދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ 15.8 ބިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ މި މުއްދަތުގައި 17.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 1.9 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ ވެސް ވަނީ 130.3 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 438.8 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ނަމަވެސް، ޓެކްސް ނޫން އާމްދަނީ ވަނީ 2.9 އިންސައްތަ ދަށްވެފައެވެ.

ދައުލަތުގެ ޚަރަދުތައްޚަރަދުގެ ބަޔަށް ބަލާއިރު، ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު އިތުރުވުމެއް އައީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށެވެ. ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ސަބްސިޑީއަށް ކުރި ހޭދަ ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ދައުލަތުގެ ޖުމްލަ ޚަރަދު މިހާތަނަށް ހުރީ 24.5 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 21.4 ބިލިއަން ރުފިޔާއަށް އަރާފައިވަނީ ސަބްސިޑީ އާއި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރައަށް ކުރާ ޚަރަދު އިތުރުވުމުންނެވެ. ކެޕިޓަލް ޚަރަދުތައް ވެސް ވަނީ 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ބަޖެޓް ޑެފިސިޓް 1.5 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ނުހިމަނައި ބަލާއިރު ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ދަންޑަހިލު
ދަންޑަހިލު
1 މަސް ކުރިން

ދިވެހިރައްޔިތުންގެ ބުރަމަސައްކަތުން ގައުމީތަރަށްގީއަށް ޖަމާކުރާފައިސާފުނި ފެނިގެން މުލުވަގުންގެބައިގަނޑު އަނެއްކާވެސް ވެރިކަމާއިދިމާލަށް ލޫދޭމަންޒަރުފެންނަނި، ރައީސްމުޢިއްޒުގެ އަރިހުގަ ރަޢްޔިތުންމިތިބީ ހޭލާފާރަޔަށް ލާހިކެއްނޫން މިރާއްޖޭގެ ވެރިކަމަށް ދެންވައިވެސްއެޅިލަން،އޢ

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި