Saturday, 24 October 2026
Ads by

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގެ ވަގުތީ މިސްކިތްތައް އުވާލައި ދާއިމީ މިސްކިތްތައް ހުޅުވުން: ވަޒީރު

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގެ ވަގުތީ މިސްކިތްތައް އުވާލައި ދާއިމީ މިސްކިތްތައް ހުޅުވުން: ވަޒީރު

ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ވަގުތީ މިސްކިތްތައް މިއަހަރުގެ ނިޔަލަށް އުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ވަޒީރު ޝަހީމް ވިދާޅުވީ، ހުޅުމާލޭގައި މިހާރު ކުރިއަށްދާ ދާއިމީ މިސްކިތްތަކުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ބިނާކުރަމުންދާ ދާއިމީ މިސްކިތްތައް މިއަހަރުގެ ނިޔަލަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މިސްކިތްތައް ނިމުމާއެކު، މިހާރު ހުރި ވަގުތީ މިސްކިތްތަކުގެ ބޭނުން ކެނޑިގެންދާނެއެވެ.

މީގެ އިތުރުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރުގެ ފަހުކޮޅުގައި ވަޤުފު މަޝްރޫޢުތަކުގެ ތެރެއިން ބައެއް މުހިންމު މަޝްރޫޢުތައް ވެސް ނިމިގެންދާނެއެވެ. މިއީ އިސްލާމީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަޝްރޫޢުތައް ނިންމުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ ތެރެއިން 16 މިސްކިތެއްގެ މަސައްކަތާއި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުގެ 2 މަޝްރޫޢެއް އަންނަ ރޯދަމަހުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ މިސްކިތްތަކުގެ ޙާލަތު ރަނގަޅުކޮށް، އަޅުކަން ކުރާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި