Ads by
ޚަބަރު
މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ މިނިވަންކަމަކީ ޑިމޮކްރަސީއަށް ކޮންމެހެން ވެސް ބޭނުން ކަމެއް: ރައީސް ނަޝީދު

މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ މިނިވަންކަމަކީ ޑިމޮކްރަސީއަށް ކޮންމެހެން ވެސް ބޭނުން ކަމެއް ކަަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ދެއްވި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ ޑިމޮކްރެޓިކް ހިފެހެއްޓުމަށް ޓަކައި މުހިއްމު ކަންތައްތަކެއް ކުރަންޖެހިފަިއވާ ކަމަށެވެ. އެގޮތުން އިންތިހާބުތައް އެެއީ މިނިވަން ދެފުށް ފެންނަ ގޮތަކަށް ބޭއްވޭ އިންތިހާބުތަކަކަށް ވާންޖެހޭ ކަމަށާއި އިންތިހާބުތަކުގައި ސަރުކާރުގެ ވަސީލަތްތަކާއި މަގާމުގެ ނުފޫޒު، ބޭނުން ނުކުރުމަކީ މިނިވަން އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބުތަކަށް ހެދުމަށް ޓަކައި މުހިއްމު ކަންތައްތަތަކެއް ކަމަށެވެ.

އަދި ސަރުކާރު ޖަވާބުދާރީކުރުވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓިފައި މިއޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަކު ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

” މީޑިއާގައި ވެސް މެ. މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމަކީ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި ކަންތައްތައް” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މީޑިއާގެ މިނިވަންކަމާއި މަޖިލީހުގެ މިނިވަންކަން ރާއްޖޭގައި މިވަގުުތު އޮތް ގޮތާއި މެދު ސުވާލު އުފެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *