Wednesday, 9 September 2026
Ads by

އަނިޔާވެރި ޔަހޫދީން ޣައްޒާއަށް ދިން ވައިގެ ޙަމަލާއެއްގައި ކުޑަކުދިން ހިމެނޭހެން އެއް އާއިލާއެއްގެ 6 މީހުން ޝަހީދުކޮށްލައިފި

އަނިޔާވެރި ޔަހޫދީން ޣައްޒާއަށް ދިން ވައިގެ ޙަމަލާއެއްގައި ކުޑަކުދިން ހިމެނޭހެން އެއް އާއިލާއެއްގެ 6 މީހުން ޝަހީދުކޮށްލައިފި

ޣައްޒާ ސިޓީގެ ސަބްރާ އަވަށުގައި ހުރި އިމާރާތަކަށް ޣައިރު ޤާނޫނީ ނިރުބަވެރި ދައުލަތް، އިޒްރޭލުން ދިން ރަޙުމުކުޑަ ވައިގެ ޙަމަލާއެއްގައި، އެގޭގައި ނިދާފައި ތިބި އެއް އާއިލާއެއްގެ 6 މީހުން ޝަހީދުވެ، މުޅި ގޭގައި އަލިފާންރޯވެ އަނދައިފިއެވެ.

Ad Image
Ads by

މި ޙަމަލާގައި މަރުވެފައިވަނީ އަލް-މަޞްރީ އާއިލާގެ 6 މީހުންނެވެ. އެއީ ބައްޕަ ފިރާސް އަޙްމަދު އަލް-މަޞްރީ، މަންމަ ސަލްސަބީލް މުޙައްމަދު އަލް-މަޞްރީ އަދި ހަތަރު ކުދީން (ނައީމް، ފެރިޔާލް، ސަލްމާ، އަދި އާމިރާ).

ސިވިލް ޑިފެންސް އޮފިޝަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ނިރުބަވެރި ޙަމަލާދީފައިވަނީ ރޭގަނޑު އާއިލާ ނިދާފައި ތިއްބައެވެ. ޙަމަލާއާއެކު މުޅި ގޭގައި ބޮޑު އަލިފާންގަނޑެއް ރޯވެ، މީހުން ސަލާމަތްކުރުމަށް ހުރަސްއެޅުނެވެ. އަލިފާން ނިއްވާލުމަށްފަހު ފެނުނު ހަށިގަނޑުތައް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

ޙަމަލާގެ ސަބަބުން ބުރައިގެން ދިޔަ ދަގަނޑުކެބެލިތަކާއި (ޝްރެޕްނަލް) ގޮވުމުގެ ބާރުގަދަކަމުން، ކައިރީގައިވާ ކޭމްޕްތަކުގައި ޔަހޫދީ އިސްތިއުމާރީ ދައުލަތުން ގެދޮރު ފޭރިގަނެފައި ތިބި ނިކަމެތި ފަލަސްޠީނު އާއިލާތަކުގެ ފްލާސްޓިކް ޓެންޓްތައްވެސް ވަނީ ވީދިގެން ގޮސްފައެވެ.

އިޒްރޭލުގެ ލާއިންސާނީ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ސަބްރާ އަވަށަށް ޙަމަލާދިންކަމަށް އެއްބަސްވެ، އެއީ ޙަމާސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު